ހދ.އަތޮޅު ޖައުންސިލް އިދާރާ.. ފޮޓޯ/ މުހައްމަދު އަލީ
ހަބަރު
01 Dec 2024 | 15:51
ހދ އަތޮޅު ކައުންސިލް މެމްބަރުން ބެންކޮކަށް ކުރި އަގުބޮޑު ދަތުރުން ކުރި މަންފާއެއްނެތް: އޮޑިޓަރ ޖެނެރަލް

ހދ އަތޮޅު ކައުންސިލް މެމްބަރުން އުސޫލާ ހިލާފަށް ހަރަދުކޮށް، ބެންކޮކަށް ކުރި އަގުބޮޑު ދަތުރުން ކައުންސިލްތަކަށް ކުރި މަންފާއެއްނެތްކަމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ހދ އަތޮޅު ކައުންސިލް އިދާރާގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާގޮތުން، 2023 ވަނަ އަހަރު ހދ އަތޮޅު ކައުންސިލް އިދާރާއިން ވަނީ 952،885 ރުފިޔާ ހަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކް ސިޓީއަށް ދަތުރެކޮށްފައެވެ. ތަޖުރިބާ އާއި ތަމްރީނުހޯދުމަށް ކުރި މި ދަތުރުގައި ހދ އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖްމަންޓްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 20 މުއައްޒަފުން ހިމެނެއެވެ.

ޖުމްލަ 10 ދުވަހުގެ މި ދަތުރަށް ތައިލެންޑް ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއުމަށް ޖުމްލަ 535،213 ރުފިޔާ ހަރަދުވިއެވެ

އެހެނިހެން ހަރަދުތައް:

- 20 ބައިވެރިންގެ ދަތުރުގެ ޚަރަދު (2 ދުވަހަށް):  133،229 ރުފިޔާ

- 20 ބައިވެރިންގެ ޕޮކެޓް މަނީ: 46،260 ރުފިޔާ

- 20 ބައިވެރިންގެ ދަތުރު ހަރަދު (މާލެ): 28،000 ރުފިޔާ

- ޑޮމަސްޓިކް ޓިކެޓް ހަރަދު: 72،020 ރުފިޔާ

- އިންޓަރނޭޝަނަލް ޓިކެޓް: 138،163 ރުފިޔާ

މި ދަތުރުގެ މައިގަނޑު މަގްސަދަކީ ކައުންސިލް މެމްބަރުންނާއި އިދާރީ މުއައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމާއި، އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން ގުޑް ގަވަނަންސް އާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުމެވެ. ހދ އަތޮޅު ކައުންސިލް މެމްބަރުން ބެންކޮކަށް ކުރި މި ދަތުރާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައިވަނީ، އެ ދަތުރުން ކައުންސިލްތަކަށް މަންފާއެއް ކޮށްފައި ނުވާކަމަށެވެ. މިގޮތުން މި ދަތުރު ނިމުނުތާ އަހަރެއް ނިމިފައިވާއިރު، ހދ އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާ އާއި ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫޢުއެއް ފަށާފައި ނުވާކަމަށެވެ. އެހެންކަމުން އެ ދަތުރުން އެކަށީގެންވާ މަންފާއެއް ކައުންސިލް އިދާރާތަކަށް ލިބިފައިނުވާކަން އޮޑިޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރޖެނެރަލް ވިދާޅުވީ 2023 ވަނަ އަހަރު ކައުންސިލް އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އަތޮޅުގެ ތަރައްޤިއަށް ނުވަތަ ރައްޔިތުންނަށް ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނޭ ކަންކަމަށް ހަރަދު ކުރުމުގެ ބަދަލުގައި ލިބިފައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ބެންކޮކް ދަތުރަށް ހަރަދުކޮށްފައިވާކަމަށެވެ. ކައުންސިލުން މި ދަތުރުކޮށްފައިވަނީ މާލީ ވުޒާރާގެ ހުއްދަ ހޯދުމެއްވެސް ނެތިކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މިފަދަ ދަތުރުތައް ކައުންސިލްގެ ބަޖެޓުން ކުރުމުގެ ބަދަލުގައި ބޭރުފަރާތްތަކާ މަޝްވަރާކޮށްގެން ސްޕޮންސަރ އެހީގެ ގޮތުގައި އެފަދަ ކަންކަމަށް އެހީތެރިކަން ހޯދުމަށް އެދިފައެވެ. އަދި ބެންކޮކަށް ކުރި ދަތުރަށް ހޭދަވި ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އޮޑިޓަރޖެނެރަލް ވަނީ އެދިފައެވެ.

ކޮމެންޓް
ގަރުދިޔަ ވަޒީރު
މުއީޒް އެކިގައުމުތަކައް 16 ދަރުރުކޮްފި ވީކަމެއް ހަރާމް ކޮންވާހަޔެއް
01 Dec 2024
މުހައްމަދު
މީގެ ދަތުރެއް ތ އަތޮޅުކައުންސިލުން ވެސް މިހާރު ޗައިނާ އަށް ފަށާގެން އުޅެނީ. ނޭގެ މިމީހުން ތ.އަތޮޅުގެ ބައެއް ޗައިނާ އަށް ވިއްކާނުލާނެކަންވެސް.
01 Dec 2024
ގުޅޭ ލިޔުންތައް
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.