ހދ.އަތޮޅު ކައުންސިލް އިދާރާ
ހަބަރު
05 Dec 2024 | 20:46
ބެންކޮކަށް ކުރި ދަތުރު އުސޫލާ ހިލާފެއް ނުވާނެ. އޮޑިޓްކޮށްފައިވަނީ ޒިއްމާއިން ބޭރުން:ހދ.އަތޮޅު ކައުންސިލް

ތަޖުރިބާ ހޯދުމަށް ބެންކޮކަށް ކުރި ދަތުރަކީ މާލީ ވުޒާރާގެ އެ އޮންނަ އުސޫލްތަކުގެ މަތިން ކޮށްފައިވާ ދަތުރެއްކަމަށާއި، އެ ދަތުރާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓަކީ ޒިއްމާއިން ބޭރުން ތައްޔާރުކޮށް ނެރެފައިވާ ރިޕޯޓެއްކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެފިއެވެ.

ހދ އަތޮޅު ކައުންސިލުން ވަނީ ނިމިގެންދިޔަ 2023 ވަނަ އަހަރު 952،885 ރުފިޔާ ހަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކް ސިޓީއަށް ދަތުރެކޮށްފައެވެ. 

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ހދ އަތޮޅު ކައުންސިލް އިދާރާގެ މިދިޔަ އަހަރުގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ، ކައުންސިލް މެމްބަރުން ބެންކޮކަށް ކުރި އެ ދަތުރުން ކައުންސިލްތަކަށް ކުރި މަންފާއެއްނެތްކަމަށެވެ.

މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލްގެ ނައިބްރައީސް މުހައްމަދު ވަހީދު ސޮއިކުރައްވައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޮޑިޓަރ ޖެނެރަލްގެ އެ ރިޕޯޓަކީ ޒިއްމާއިްނ ބޭރުން ނެރެފައިވާ ޒިއްމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށެވެ. ހދ.އަތޮޅު ކައުންސިލުން ބުނީ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކައުންސިލުން ހުއްދަ ނުހޯދާ ކަމަށް ފާހަގަކޮށްފައިވާ މާލީވުޒާރާގެ އެ ސާކިއުލާއަކީ ކައުންސިލްތަކުން އަމަލުކުރަންޖެހޭ ސާކިއުލާއެއް ނޫންކަމަށާއި، އެކަން އޮޑިޓަރ ޖެނެރަލަށް އެނގިވަޑައިގެންފައި ނެތުމަކީ، އޮޑިޓަރޖެނެރަލްގެ ޒިއްމާދާރުކަމާއި އޮޑިޓް އޮފީހުގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަދި މިފަދަ ހަގީގަތާ ހިލާފް މައުލޫމާތު ހިމެނޭ ރިޕޯޓެއް އެކުލަވާލައި އާއްމު ރައްޔިތުންނާއި މީޑިއާ އާއި މުޅި ދައުލަތުގެ ކުރިމަތީގައި އެ ކައުންސިލް ފަޟީހަތްވާގޮތަށް އަމަލުކުރުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށްވެސް ހދ.އަތޮޅު ކައުންސިލުން ބުންޏެވެ.

ހދ.އަތޮޅު ކައުންސިލުން ބުނީ، އެ ދަތުރުގައި ކައުންސިލްތަކަށް އެއްވެސް މަންފާއެއް ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވަނީ އެއްވެސް އަސާސެއްނެތި ކަމަށާއި އަދި ރިޕޯޓްގައި އެކަން ފާހަގަކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން ކައުންސިލަށް ލިބިދީފައިވާ ބާރުތަކާއި އަދި މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތާއި ޒިއްމާތަކަށްވެސް ރިއާޔަތްކުރުމެއް ނެތިކަމަށެވެ. އަދި އެ ދަތުރާ ގުޅޭގޮތުން ކައުންސިލްތަކުގެ ރައީސުލްގެ ބަހެއް ނެތި އެ ތަމްރީނުތަކަކީ މަންފާއެއްނެތް ދަތުރެއްގެ ގޮތުގައިމުޖުތަމައުއަށް ސިފަކޮށްދިނުމަށް މަސައްކަތްކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށްވެސް ހދ.އަތޮޅު ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ތަޖުރިބާ އާއި ތަމްރީނުހޯދުމަށް ކުރި މި ދަތުރުގައި ހދ އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖްމަންޓްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 20 މުއައްޒަފުން ހިމެނޭކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ޖުމްލަ 10 ދުވަހުގެ މި ދަތުރަށް ތައިލެންޑް ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއުމަށް ޖުމްލަ 535،213 ރުފިޔާ ހަރަދުވިއެވެ

އެހެނިހެން ހަރަދުތައް:

- 20 ބައިވެރިންގެ ދަތުރުގެ ޚަރަދު (2 ދުވަހަށް):  133،229 ރުފިޔާ

- 20 ބައިވެރިންގެ ޕޮކެޓް މަނީ: 46،260 ރުފިޔާ

- 20 ބައިވެރިންގެ ދަތުރު ހަރަދު (މާލެ): 28،000 ރުފިޔާ

- ޑޮމަސްޓިކް ޓިކެޓް ހަރަދު: 72،020 ރުފިޔާ

- އިންޓަރނޭޝަނަލް ޓިކެޓް: 138،163 ރުފިޔާ

ހދ.އަތޮޅު ކައުންސިލުން ބުނާގޮތުގައި މި ދަތުރުގެ މައިގަނޑު މަގްސަދަކީ ކައުންސިލް މެމްބަރުންނާއި އިދާރީ މުއައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމާއި، އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން ގުޑް ގަވަނަންސް އާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުމެވެ.

ހދ އަތޮޅު ކައުންސިލް މެމްބަރުން ބެންކޮކަށް ކުރި މި ދަތުރާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައިވަނީ، އެ ދަތުރުން ކައުންސިލްތަކަށް މަންފާއެއް ކޮށްފައި ނުވާކަމަށެވެ. މިގޮތުން މި ދަތުރު ނިމުނުތާ އަހަރެއް ނިމިފައިވާއިރު، ހދ އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާ އާއި ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫޢުއެއް ފަށާފައި ނުވާކަމަށެވެ. އެހެންކަމުން އެ ދަތުރުން އެކަށީގެންވާ މަންފާއެއް ކައުންސިލް އިދާރާތަކަށް ލިބިފައިނުވާކަން އޮޑިޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
މާއްކޫ އޮޑިޓަރެކެ
ހޫމް. މި ގޯސްވީ އޮޑިޓަރެއްނު އެންމެ ފަހުން ގޮސް 😀 އޮޑިޓަރ ޖެނެރަލް އަށް ނޭނގޭތަ ހެޕީ އެންޑިންގެ މަންފާ އެއް 😁😁
05 Dec 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.