ބިންހެލުން އައުމުގެ ސަބަބުން ފިހާރައަކުން މުދާތަކެއް ވެރިފައި
ދުނިޔެ
06 Dec 2024 | 12:04
އެމެރިކާގެ ކެލިފޯނިއާގައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އެމެރިކާގެ ކެލިފޯނިއާގެ އުތުރު ސަރަޙައްދުގައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފިއެވެ.

މި ބިންހެލުން އައީ ރާއްޖެ ގަޑިން ރޭ ދަންވަރު 12 ޖަހާލާ ކަންހާއިރުއެވެ. ބިންހެލުން އައި ފުރަތަމަ ވަގުތުތަކުގައި ކެލިފޯނިއާގެ އުތުރު ސަރަޙައްދާއި އޮރެގަންގެ ދެކުނު ސަރަޙައްދަށް ސުނާމީގެ އިންޒާރު ދެވުނު ނަމަވެސް، ފަހުން އެ އިންޒާރު ބާޠިލުކުރެވުނެވެ.

ހަމްބޯލްޓް ކައުންޓީގެ ޝެރިފް އޮފީހުން ސީބީއެސް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ، ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި، އިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރއަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ގެތަކަށް ކުދިކުދި ގެއްލުންތައް ވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި ސަރަޙައްދުގެ ގިނަ ފިހާރަތަކުގައި ހުރި ތަކެތި ހަރުތަކުން ވެއްޓި، ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުނު ކަމަށް ޝެރިފް އޮފީހުން ބުންޏެވެ. ޕަވަރ އައުޓޭޖް ޔޫއެސްގެ މަޢުލޫމާތުން ދައްކާ ގޮތުގައި ބިންހެލުމާ ގުޅިގެން 10،000 އަށްވުރެ ގިނަ މީހުންނަށް ކަރަންޓު ކެނޑިފައިވެއެވެ.

އެމެރިކާގެ ހުޅަނގު ސަރަޙައްދަކީ ބިމުގެ ގިނަ ޓެކްޓޮނިކް ޕްލޭޓްތަކެއް އެއްވާ ސަރަޙައްދަކަށް ވުމުން، އެ ސަރަޙައްދުގައި ބިންހެލުން އައުމަކީ އާންމު ކަމެކެވެ. ނަމަވެސް 7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމަކީ އާންމު ކަމެއް ނޫނެވެ. މިއީ މިއަހަރު ދުނިޔޭގައި އައި 7 މެގްނިޓިއުޑްގެ 9 ބިންހެލުމުގެ ތެރެއިން އެކެވެ.

މި ސަރަޙައްދުގައި ކުރިން ވެސް ބާރުގަދަ ބިންހެލުންތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި 1994 ވަނަ އަހަރު ލޮސް އެންޖެލެސް ސަރަޙައްދުގެ ނޯތްރިޖްގައި އައި ބިންހެލުން ހިމެނެއެވެ. އެ ބިންހެލުމުގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ހާހުން މީހުންނަށް އަނިޔާވެ، އިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރއަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ