ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
08 Dec 2024 | 09:01
ސީރިއާ މައްސަލަ އަކީ އަހަރެމެންނާ ބެހޭ ކަމެއް ނޫން؛ އެއަށް ވަންނާކަށް ނުޖެހޭ: ޓްރަމްޕް

ސީރިއާ މައްސަލަ އަކީ އެމެރިކާއާ ބެހޭ ކަމެއް ނޫން ކަމަށާ އެ މައްސަލައިން ދުރުހެލިވާން ޖެހޭ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައި ވަނީ ސީރިއާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބާރު ކަނޑުވާލަމުންދާ މި ދަނޑިވަޅުގައި މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އޭނާ ބުނީ، ހަނގުރާމަވެރިން މިހާރު ސީރިއާގެ ވެރިކަން ކުރާ ސަރަހައްދު ކަމުގައިވާ ދަމަސްކަސްއާ ވަރަށް ކައިރިވެފައިވާ ކަމަށެވެ.

އަދި ޔުކްރެއިންގެ ހަނގުރާމައިގައި ރަޝިއާއަށްވަނީ 600,000 އަށްވުރެ ގިނަ ސިފައިން ގެއްލިފައި ކަމަށާ މިކަމުގެ ސަބަބުން ސީރިއާގެ މައްސަލައަށް އެހީތެރިވުމަށް ރަޝިއާއަށް ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިއާއެކު އޭނާ ބުނީ،2ސީރިއާގެ މައްސަލަ އަކީ ބޮޑު މައްސަލައެއް ނަމަވެސް އެ ގައުމަކީ އެމެރިކާގެ ރަހުމަތްތެރިއެއް ނޫން ކަމަށެވެ.

"ސީރިއާ މައްސަލަ އަކީ ބޮޑު ހައިޖާނެއް. އެކަމަކު އެއީ (ސީރިއާއަކީ) އަހަރެމެންގެ ރަޙްމަތްތެރިއެއް ނޫން. އެއީ އެމެރިކާއާ ބެހޭ ކަމެއް ނޫން. އެއީ އަހަރެމެންގެ ހަނގުރާމައެއް ނޫން. މިކަން ހިނގާދާނެ ގޮތަކަށް ހިނގަން ދޫކޮށްލާ. އޭގައި ބައިވެރިނުވޭ!"އިނގިރޭސި ބޮޑު އަކުރުން ޓްރަމްޕްގެ ޕޯސްޓްގައި ލިޔެފައި ވެއެވެ.

ސީރިއާގެ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރުއެވެ. އޭރުއްސުރެ އެމެރިކާއިން ވަނީ ކުރްދީންގެ އިސްނެގުމުގެ ދަށުން ހިންގާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް މިއީ ޓްރަމްޕްގެ ވެރިކަމުގައި މި އެހީތެރިކަން ހުއްޓާލައިފާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުންވަނީ ސަރުކާރުގެ ބާރު އޮތް ސަރަހައްދުތަކަށް ހަމަލާދީ، އެލެއްޕޯ، ހަމާ އަދި ދަރާ ފަދަ ބޮޑެތި ސިޓީތައް ހިފައިފައެވެ. މިހާރު އެ ފަރާތްތައް ވަނީ ވެރިރަށް ދިމާޝްޤުގެ ކައިރިއަށް އާދެވިފައެވެ.

އެއާއެކު ބަޝާރުގެ ވެރިކަން ނިމުނުކަން މިއަދު އިދިކޮޅު ފަރާތްތަކުން ވަނީ އިއުލާން ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.