އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޗައިނާގެ ރައީސް-- ފޮޓޯ: އޭބީސީ ނިއުސް
ދުނިޔެ
23 Dec 2024 | 16:02
އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އަލިފާނާއި ކުޅުން: ޗައިނާ

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ "އަލިފާނާއި ކުޅުން"ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މިފަދައިން ބުނެފައިމިވަނީ، އެމެރިކާއިން ޓައިވާނަށް އިތުރު އަސްކަރީ އެހީއާއި ހަތިޔާރު ފޯރުކޮށްދޭނެކަން އިޢުލާނުކުރުމާ ގުޅިގެންނެވެ. މިކަމާއި ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ޓައިވާނުގެ ސުލްޙަވެރިކަމާއި ހަމަޖެހުމަށް ނުރައްކާވާފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްކަމުގައި އެގައުމުން ދެކޭއިރު، އެމެރިކާއިން ވެސް ޓައިވާން ރަސްމީ ގައުމެއްގެ ގޮތުގައި ބަލައިނުގަތްނަމަވެސް، އެއީ ޓައިވާނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމުކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން، ހުކުރު ދުވަހު އެމެރިކާގެ ވައިޓް ހައުސްއިން ވަނީ ބައިޑެން ސަރުކާރުން ޓައިވާނަށް 571.3 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އަސްކަރީ އެހީ ދިނުމަށް ނިންމާފައިވާކަމަށެވެ. ވައިޓް ހައުސްގެ ބަޔާނުގައި މި އެހީގެ ތަފްސީލު ހިމަނާފައި ނުވިނަމަވެސް، މިއީ 567 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެގައުމުން އިޢުލާނުކުރިތާ ތިން މަސް ނުވަނީސް ދީފައިވާ އެހީއެކެވެ.

މިކަމާއި ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ މިއީ ޗައިނާގެ ސިޔާދަތާއި ސަލާމަތީ މަސްލަހަތުތަކަށް އެމެރިކާއިން އަރައިގަތުންކަމަށާއި، އެމެރިކާގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުވެސް އެމެރިކާއިން ޓައިވާނަށް 2 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމިއިރު، މީގެ ތެރޭގައި މުޅިން އަލަށް ތަރައްގީކުރި ސަރފަސް-ޓު-އެއަރ މިސައިލް ދިފާޢީ ނިޒާމެއް ހިމެނެއެވެ. 

ބައިޑެންގެ ސަރުކާރުން ޓައިވާނަށް އެހީވިނަމަވެސް، އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ދައުރުގައި ޗައިނާއިން ޓައިވާނަށް ހަމަލާދީފިނަމަ ޓައިވާން ދިފާޢުކުރުމަށް ދެކޮޅުހައްދަވާނެކަމަށް ވިދާޅުވެފައެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި، ޗައިނާގެ ކިބައިން ދިފާއުވާން ބޭނުންވާނަމަ، ޓައިވާނުން އެމެރިކާއަށް ފައިސާ ދައްކަންޖެހޭނެއެވެ. އޭނާ މި ގުޅުން އަޅާކިޔާފައިވަނީ އިންޝުއަރެންސްއަކާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.