ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
26 Dec 2024 | 17:20
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމެރިކާ ވަކިވުމުގެ މަސައްކަތްތައް ޓްރަމްޕްގެ ޓީމުން ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމެރިކާ ވަކިވުމުގެ މަސައްކަތްތައް އެގައުމުގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ޓީމުން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޑަބްލިއުއެޗްއޯ ކޮލެބޮރޭޓިން ސެންޓަރ އޮން ނޭޝަނަލް އެންޑް ގްލޯބަލް ހެލްތު ލޯ ގެ ޑައިރެކްޓަރ އަދި އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ ލޯރެންސް ގޮސްޓިން ބުނީ، ޓްރަމްޕް ވެރިކަމާއި ހަވާލުވާތާ އެއް ދުވަހުގެ ތެރޭގައި ނުވަތަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން ޑަބްލިއުއެޗްއޯ އާއި ވަކިވާނެކަމަށެވެ.

ޑަބްލިޔުއެޗްއޯގެ މެންބަރު ކަމުން އެމެރިކާ ވަކިކުރަން ޓްރަމްޕް ނިންމިކަން ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ފައިނޭންޝަލް ޓައިމްސުންނެވެ.  ކޮވިޑް-19ގެ ބަލިމަޑުގެ ދުވަސްވަރު އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ރެސްޕޮންސް ކޯޑިނޭޓަރުގެ މަޤާމު ފުރުއްވާފައިވާ އަޝިޝް ޖާ ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޓްރަމްޕް ގެ ޓީމުން މިކަމަށް މިހާތަނަށް ރަސްމީ ކޮށް އެއްވެސް ބަހެއް ބުނެފައި ނުވިނަމަވެސް، މިފަދައިން ޓްރަމްޕް ނިންމާފައިމިވަނީ އެ ޖަމިއްޔާ އަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިކުރުވުމަށްފަހުއެވެ. ޓްރަމްޕް ގެ މި ފިޔަވަޅާއިއެކު ބަލިމަޑުކަމާއި ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ މަސައްކަތްތަކުން އެމެރިކާ އެކަހެރިވެގެން ދާނެކަން ފާހަގަކޮށްލެވެއެވެ.

އޭނާގެ ވެރިކަމުގައި އެމެރިކާގެ ސިއްހީ ދާއިރާގެ އިސް މަގާމުތަކަށް ވެސް ގެންނާނެކަމަށް ލަފާކުރެވޭ މީހުންނަކީ ވެސް އެ ޖަމިއްޔާއާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ ފަރާތްތަކެވެ. އޭގެ ތެރޭގައި ވެކްސިނާ ދެކޮޅަށް ވަކާލާތު ކުރާ ރޮބަރޓް އެފް ކެނެޑީ ޖޫނިޔަރ އެގައުމުގެ ސިއްހީ ވަޒީރު ކަމުގެ މަގާމަށް އައްޔަނުކުރުން ހިމެނެއެވެ.

މިއީ ޑަބްލިއުއެޗްއޯއާއި ދުރުވުމަށް ޓްރަމްޕް މަސައްކަތްކުރާ ފުރަތަމަ ފަހަރަށްނުވާއިރު، މީގެ ކުރިން 2020 ވަނަ އަހަރުވެސް ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯއިން އެމެރިކާ ވަކިކުރަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެފަހަރު، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގެންވަނީ މި ނިންމުން އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.