މޫސާ އަލިމަނިކް (ވަޑި މޫކޭ) ފޮޓޯ: އެމްޑީޕީ
ހަބަރު
27 Dec 2024 | 15:06
އެމްއެންޑީއެފުން ހަވާއަރުވަން ފަރިތަކުރުމުން، މޫކޭ ޖޯކު ޖައްސަވައިފި

އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ރޭ ހަވާއަރުވަން ފަރިތަކުރުމުން، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (ވަޑި މޫކޭ) އެމްއެންޑީއެފަށް ޖޯކު ޖައްސަވައިފިއެވެ.

އައު އަހަރަށް ހަވާއަރުވަން ތައްޔާރުވުމުގެ ގޮތުން އެމްއެންޑިއެފުން ރޭ ވަނީ ހުޅުމާލޭގައި ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ ފަރިތަކުރުންތަކެއްގެ ގޮތުންނެވެ. 

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި މޫކޭ ވަނީ ހަވާއަރުވާތީވެ، އެމްއެންޑީއެފަށް ޖޯކު ޖަހާ މޭރުމަކުން ވާހަކަދައްކަވާފައެވެ. މިގޮތުން ހަވާއެރުވުމަކީ މި ގައުމުގައި ހަމައެކަނި އެމްއެންޑީއެފުން ކުރާ ކަމެއްކަމަށާއި، އެކަމަށްވެސް ފަރިތަކުރުންތަކެއް ބާއްވަން ޖެހޭތޯ މޫކޭ ވަނީ ސުވާލު އުފައްދަވާ އެމްއެންޑީއެފަށް މަލާމާތް ރައްދުވާގޮތަށް ވާހަކަދައްކަވާފައެވެ.

ހަވާއަރުވަން ފަރިތަކުރަން ސިފައިން ނެރުން. ދެންހަމަ އަޅުގަނޑު ކޮސްވޭ.. ސިފައިން ހަވާއަރުވާތާ މިހާރު ވީ އަހަރެއްވީ އިތުރުބަޔަކަށް މިޤައުމުގައި ކުރެވޭކަމެއްނޫން. ކުރާން ހުއްދަ އޮންނަ ކަމެއްވެސް ނޫން. އެކަމު އާއަހަރު ފާހަގަކުރަން ސިފައިން ކުރައްވަންޖެހޭ ކަމަކީ ހަވާއަރުވަން ފަރިތަކުރުން. 

މޫސާ އަލިމަނިކް ވިދާޅުވިއެވެ

މި މޭރުމުން ވާހަކަދައްކަވަމުން މޫކޭ ވަނީ ހަވާއެރުވުމަކީ ސިފައިން ފަދަ ގަދަރާ އިއްޒަތް ލިބިގެންވާ ފަދަ މުއައްސަސާއަކުން  ކުރަން އެކަށީގެންނުވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މޫކޭ މިހެން ވިދާޅުވިއިރު، މޫކޭ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައިވެސް އެކި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ސިފައިން ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަވާއެރުވުމުގައި ބަޑިބޭސް ބޭނުންކުރާތީވެ އެމްއެންޑީއެފުން އެކަން ކުރަނީ އާއްމުކޮށް އެކަން އިއުލާނުކުރުމަށްފަހުއެވެ. އެއީ ހުރިހާ އެންމެންގެވެސް ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ. އެމްއެންޑިއެފްގެ ހުއްދަނެތި، ރާއްޖެއަށް ބަޑިބޭހާއި ފަޓާސް އެތެރެކުރުން މަނައެވެ. އެބާވަތުގެ ތަކެތި އެތެރެކޮށްފިނަމަ ބޮޑެތި އަދަބުވެސް ކަނޑައެޅީފައި އޮވެއެވެ. ތާރީހަށް ބަލާއިރު، 1988 ގެ ކުރިން ބަޑިބޭހާއި ފަޓާސް އެތެރެކުރުމުގެ ހުއްދަ އާއްމުކޮށް އެވެއެވެ. 

ރާއްޖޭގައި ހަވާއެރުވުމުގެ ކަންކަން ކުރަނީ ޤައުމީ ދިފާއީ ބާރުންނެވެ. ތަފާތު އެކިއެކި މުނާސަބާތަކާ ގުޅުވައިގެން ހަވާއެރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް އާއްމު ކަމެކެވެ. އެމްއެންޑީއެފުން ހަވާ އަރުވަނީ ފީއެއް ނަގާގައިގެންނެވެ. މިކަމާ ގުޅިގެން ސިފްކޯއިން މީގެ ކުރިން ބުނެފައިވަނީ، ދިވެހިންގެ ބޭނުމަކަށްނަމަ ހަވާ އަރުވައިދެނީ މިނެޓަކަށް 600 ޑޮލަރާއި 1000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

ހަވާއެރުވުމުގެ ހަރަކާތަކީ ހުރިހާ އުމުރުފުރާ ތަކެއްގެ މީހުންގެ މެދުގައި ވަރަށް މަޤްބޫލުކަމެކެވެ. އަދި މިކަމަކީ ޖޯކުޖެހުމަށްވުރެ ބޮޑަށް އެމްއެންޑީއެފަށް ރަނގަޅު އާމްދަނީއެއްވެސް ވަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.