އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (ވަޑި މޫކޭ) އަދި ސީއެފްއޯ ޔާސިރު ހަސަން
ހަބަރު
28 Dec 2024 | 22:10
އާރުޑީސީގެ މައްސަލައާ ގުޅިގެން، މޫކޭ އަދި ޔާސިރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކް (ވަޑި މޫކޭ) ސީއެފްއޯ ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންވެސް ވަނީ، މޫކޭ އަދި ޔާސިރު ފުރުން މަނާކޮށްފައިވާކަން ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ، އެފަރާތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކް، އަދި ސީއެފްއޯ ޔާސިރު ހަސަން ފުރުން މަނާކުރުމުގެ އަމުރު ނެރި، އެކަނ އެފަރާތްތަކަށް އަންގާފައިވާކަމަށެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބްރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މޫކޭ އަދި ޔާސިރު ދިރިއުޅުއްވާގެއަށް ފުލުހުންވަދެ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައެވެ. މީގެ ތެރެއިން ފުލުހުން ވަނީ ޔާސިރުއާ ގުޅުންހުރި ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މިކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ، މި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ބަލަނީ ސަރުކާރަށް ކުރާ ތުހުމަތުތައް އޮއްބާލަންކަމަށެވެ.

ފުލުހުން އަންނަނީ އާރުޑީސީ ހިޔާނާތާގުޅޭ މައްސަލައެއް ތަހުގީގުކުރަމުންނެވެ. އެގޮތުން ފުލުހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އާރުޑީސީ އޮފީހަށްވަދެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ. އާރުޑީސީ ހިޔާނާތުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ކުންފުނީގެ ފައިސާ، މުއައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ވަދެފައިވާކަމަށާއި، މިގޮތުން އެ މުއައްޒަފުންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާގެ އަދަދު 11 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.