ކަމަލް އަދުވާން ހޮސްޕިޓަލުގެ ހިދުމަތްތައް ވަނީ ހުއްޓިފައި-- ފޮޓޯ: ޑަބްލިއުއެޗްއޯ
ދުނިޔެ
29 Dec 2024 | 13:01
އިއްޔެގެ ހަމަލާތަކާއިއެކު ކަމަލް އަދުވާން ހޮސްޕިޓަލުގެ ހިދުމަތް ހުއްޓުމަކަށް!

ޣައްޒާގައި މިހާރު ޚިދުމަތްދޭ މައި ހޮސްޕިޓަލް، ކަމަލް އަދުވާނަށް އަމާޒުކޮށް ދިން ހަމަލާތަކާއި ގުޅިގެން، އެ ހޮސްޕިޓަލުގެ ހިދުމަތް ހުއްޓިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، އިއްޔެގެ ހަމަލާތަކުގެ އިތުރުން ފާއިތުވި 80 އަށް ވުރެ ގިނަ ދުވަސްތަކުގައި ޔަހޫދީ ފައުޖުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމް ފުޑު ފުޑުވެ، 75,000 މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަމަށެވެ.

މިއާއިއެކު، އެ ޖަމިއްޔާއިން ބުނީ، ހޮސްޕިޓަލުގެ ލެބޯޓަރީ އާއީ ސާޖިކަލް ޔުނިޓްގެ އިތުރުން އޮޕަރޭޝަން ތިއޭޓަރ ހިމެނޭހެން އެތައް ތަނެއް ހަލާކުކޮށް އަންދާފައިވާކަމަށެވެ. އަދި އެތަނުން ފަރުވާ ހޯދަމުންދިޔަ 12 ބަލިމީހަކާއި 1 މުއައްޒަފަކު ހޮސްޕިޓަލް ދޫކޮށް ހިދުމަތް ހުއްޓިފައިވާ ހޮސްޕިޓަލަށް ގެންގޮސް، ސިއްހީ ފަރުވާއިން ވަނީ މަހުރޫމް ކޮށްފައެވެ.

މީގެ އިތުރުންވެސް ޑަބްލިއުއެޗްއޯ އިން ބުނީ، ބައެއް މީހުންގެ އަންނައުނު ބާލުވަން މަޖުބޫރުކޮށް، ދެކުނު ޣައްޒާއަށް ހިނގާފައިދާން ޔަހޫދީން މަޖުބޫރުކޮށްފައިވާކަމަށާއި، މި ހަފްތާގައި ޔަހޫދީ ފައުޖުން ދިން ހަމަލާތަކުގައި ކަމަލް އަދުވާން ހޮސްޕިޓަލުގެ 5 މުއައްޒަފަކު ހިމެނޭހެން 50 މީހުން ޝަހީދުކޮށްލާފައިވާކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ، ކަމަލް އަދުވާން ހޮސްޕިޓަލް މިހާރު ހުސްކޮށްފައިވާކަމަށާއި، އެ ތަނުން ފަރުވާ ހޯދަމުންދިޔަ ހާލުދެރަ 15 ބަލިމީހުންނާއި، 50 އެހީތެރިން އަދި 20 މުއައްޒަފުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާކަމަށެވެ. މި ހޮސްޕިޓަލަކީ ބަލި މީހުންނަށް ފަރުވާދޭނެ އެކަށީގެންވާ ވަސީލަތްތައް ނެތް ތަނެއްކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއާއިއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ މިހާރު ބަލިމީހުން ތިބި އިންޑޮނޭޝިއަން ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ