އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ-- ފޮޓޯ: އޭޕީ
ދުނިޔެ
30 Dec 2024 | 10:16
އެމެރިކާގެ ކުރީގެ ރައީސް، ޖިމީ ކާޓާ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް، ޖިމީ ކާޓާ، އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

1997 އިން 1981 އަށް ރައީސްކަން ކުރެއްވި، އެމެރިކާގެ 39 ވަނަ ރައީސް، ކާޓާ އަވަހަރާވެފައިމިވަނީ އޭނާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރިތާ ދެމަސް ފަހުންނެވެ. މިއީ އެމެރިކާގެ ރައީސުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ބޭފުޅެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ދި ކާޓާ ސެންޓަރުން ބުނީ، އެބޭފުޅާ އަވަހާރަވެފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި އެބޭފުޅާގެ ގެކޮޅުގައި ކަމަށެވެ.

އިންސާނިއްޔަތަށް ކުރެއްވި އަގުހުރި ހިދުމަތްތަކާއި ގުޅިގެން ނޮބެލް ޕީސް ޕްރައިޒް ހާސިލް ކުރައްވާފައިވާ ކާޓާ އަށް ޖެހިވަޑައިގެން ބައްޔަކަށް ފަރުވާހޯއްދެވުން ހުއްޓާލައްވައި، ހޮސްޕައިސް ކެއާ ހޯއްދަވަން ފެއްޓެވީ މިދިޔަ އަހަރުއެވެ.

ހޮސްޕައިސް ކެއާ އަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ނަފްސާނީ އަދި ޖިސްމާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރުވާއަކަށްވާއިރު، ކާޓާ އަށް ޖެހުނީ ކޮން ބައްޔެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކާޓާ އަވަހާރަވުމާއިއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އަނބިކަބަލުން، ފަސްޓް ލޭޑީ، ޖިލް ބައިޑަން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ