ޖައްބާރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯއި ބައިޑެން
ދުނިޔެ
05 Jan 2025 | 09:43
އެމެރިކާއިން 8 ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއިލަށް ފޯރުކޮށްދެން ހުށަހަޅައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިންގެ ޙަމަލާތަކުގައި އިއްޔެ އެކަނިވެސް ޣައްޒާގައި މަދުވެގެން 70 މުސްލިމުން ޝަހީދުކޮށްލާފައިވާ ކަން ހާމަކޮށްފައިވަނިކޮށް، އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅައިފިއެވެ. 

އަލްޖަޒީރާގެ ރިޕޯޓުގައިވާ ގޮތުން، އިސްރާއީލުން އިއްޔެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން 30 ވަކިވަކި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

މިފަދަ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ބައިޑަން، އޭނާގެ ވެރިކަން ނިމުމަށް ދެ ހަފްތާއަށް ވެފައިވަނިކޮށް، އިސްރާއީލުގެ އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރުމަށް ހަތިޔާރު ވިއްކުމަށް ހުށަހެޅުމާއި ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އަންނަނީ އެމެރިކާއަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް އެމެރިކާއިން އަޅާލާފައެއް ނުވެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އެމެރިކާއިން ވިއްކަން ހުށަހަޅާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 500 ޕައުންޑު (226 ކިލޯގްރާމް) ގެ ވޯހެޑްތަކާއި، ސީދާ އަމާޒަށް ދަތުރުކުރާ ހަތިޔާރުތަކާއި، އާޓިލަރީ ޝެލްތަކާއި، ޖެޓް އަދި އެޓޭކް ހެލިކޮޕްޓަރުތަކަށް ބޭނުންކުރާ މިސައިލްތަކާއި، ބޮން ފިއުޒްތައް ހިމެނެއެވެ. މީގެ އިތުރުން، ޕްރޮޖެކްޓައިލްތައް އިންޓަރސެޕްޓްކުރުމަށް ބޭނުންކުރާ އެއަރ-ޓު-އެއަރ މިސައިލްތަކެއްވެސް ހިމެނެއެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާަނީ ޖަރީމާތަކަށް އަހަރަކާއި ހަތަރު މަސްދުވަސް ވާންވެފައިވާއިރު އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޤަޠަރުގައި ޙަމާސްއާއެކު ނުސީދާކޮށް މަޝްވަރާތައް ފެށިފައިވާކަން ކަށަވަރުކޮށްދީފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލީ ގައިދީން ދޫކޮށްލުމެވެ.

މިއާއެކު، ލުބުނާނުގެ ޙިޒްބުاللهގެ އިސްވެރިޔާ ނައީމް ޤާސިމް ވަނީ ފާއިތުވި މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ޢަމަލުތަކަށް ޖަވާބުދާރީވުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ. ލުބުނާނުގައި ހަރަކާތްތެރިވާ އދ.ގެ ސުލްޙަ ބެލެހެއްޓުމުގެ ބާރު (ޔޫނިފިލް) އިން ބުނެފައިވަނީ އިސްރާއީލުގެ މި ޢަމަލުތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނުރައްކަލުގެ ތެރެއަށް ވައްޓާލާ" ކަމަށް ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް މަދުވެގެން 45،658 ފަލަސްތީނުގެ މުސްލިން ޝަހީދުވެ، 108،583 މީހުން ޒަޚަމްވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.