ޣައްޒާގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލް- ފޮޓޯ: ރޮއިޓާސް
ދުނިޔެ
05 Jan 2025 | 11:07
ކަމަލް އަދުވާންގެ އިތުރުން ޣައްޒާގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ޚިދުމަތްތައްވެސް ހުއްޓުމަކަށް!

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ދެމުންގެންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހުރި އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އުތުރު ޣައްޒާގައި ތިން ހޮސްޕިޓަލެއް ހުންނައިރު، އެ ތިން ހޮސްޕިޓަލުގެ ހިދުމަތްތައް ވެސް ވަނީ ޔަހޫދީންގެ ހަމަލާތަކާއި އެކު ހުއްޓިފައެވެ. އެ ތިން ހޮސްޕިޓަލަކީ ކަމަލް އަދުވާން، ބެއިތު ހެއިނޫން އަދި އިންޑޮނޭޝިއަން ހޮސްޕިޓަލެވެ.

ޣައްޒާގެ ބެއިތު ލަހްޔާ ގައި ހުންނަ ކަމަލް އަދުވާން ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން މިދިޔަ ހަފްތާގައި ދިން ހަމަލާތަކާއިއެކު އެތަނުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި މުއައްޒަފުންނާއި ސިއްހީ އެހީތެރިން ބަދަލުކޮށްފައިވަނީ އިންޑޮނޭޝިއަން ހޮސްޕިޓަލަށެވެ. އެތަނުގައި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭނެ ވަސީލަތްތައް ނެތުމުން އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މީގެ ކުރިން އދ އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ސިއްހީ ފަރުވާގެ އިތުރުން ޔަހޫދީ ފައުޖުން ކެނޑިނޭޅި ދެމުންގެންދާ ބޮަމުގެ ހަމަލާތަކުގެ ސަބަބުން އާއްމުން ބޯހިޔާވަހިކަން ހޯދަމުން އަންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ޔަހޫދީ ފައުޖުން ވަށާލިއިރު، ޖަބަލިއާގައި ހުންނަ އަލް އައުދާ ހޮސްޕިޓަލް ހުސްކުރުމަށްވެސް ޔަހޫދީން ވަނީ އަމުރުކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ