އެޗްއެމްޕީވީ-- ފޮޓޯ: ބްލެކް ސްޓަރ ނިއުސް
ދުނިޔެ
06 Jan 2025 | 13:30
ޗައިނާގައި ފެތުރެމުންދާ އެޗްއެމްޕީވީގެ ކޭސްތަކެއް އިންޑިއާއިން ފެނިއްޖެ

ޗައިނާގައި ފެތުރެމުންދާ ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ގެ ކޭސްތަކެއް އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިޔާގެ ބެންގަލޫރުގައި ހޯމަ ދުވަހު އެޗްއެމްޕީވީގެ ދެ ކޭސް ރިޕޯޓުކުރެވިފައިވާއިރު، މީގެ ތެރެއިން 3 މަހުގެ ކުޑަކުއްޖަކު ފަރުވާއަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ. އަދި 8 މަހުގެ ކުއްޖަކަށް އަންނަނީ ފަރުވާދެމުންންދާއިރު، އެކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މިކަމާއި ގުޅިގެން އިންޑިޔާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނީ، މި ދެ ބަލިމީހުންގެ ތެރެއިން އެއްވެސް މީހަކު ބޭރު ޤައުމަކަށް ދަތުރުކޮށްފައިނުވާކަމަށެވެ.

މި ބަލި އިންޑިއާއިން ފެނިފައި މިވަނީ, އިންފްލުއެންޒާގެ އަލާމަތްތަކެއް ހުންނަ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ އެޗްއެމްޕީވީ ޗައިނާގައި ފެތުރެމުންދާތީ، ދުނިޔޭގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ސީރިއަސް ހާލަތްތަކުގައި އެޗްއެމްޕީވީ ޖެހުމުން އާއްމުކޮށް ކުޑަކުދިންނަށް ބްރޮންކައިޓިސް ނުވަތަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު އޮވެއެވެ. މިއީ ކުޅު ފަދަ ތަކެތިން އަދި ގައިގޯޅި ވުމުން ޖެހޭ، ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާބައްޔެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ބައްޔާއި ބެހޭގޮތުން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ނަމަވެސް، ޗައިނާގެ ނޭޝަނަލް ޑިޒީޒް ކޮންޓްރޯލް އެންށް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަން (އެންސީޕީޑީ) އިން ވަނީ ބައްޔާއި ގުޅިގެން ހާލަތު ނުރައްކާތެރި ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެގައުމުގައި ފާހަގަކޮށްލެވޭ އަދަދަކަށް މިދިޔަ ޑިސެންބަރު މަހުގެ 16 އިން 22 އާއި ދެމެދު ފުއްޕާމޭގެ އިންފެކްޝަންތައް އިތުރުވިކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.