އެމެރިކާގެ ރައީސް ބައިޑެން: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
08 Jan 2025 | 10:19
އެމެރިކާގެ އަލާސްކާ ސްޓޭޓުން ބައިޑެންގެ ސަރުކާރާ ދެކޮޅަށް މައްސަލަ އެއް ހުށަހަޅައިފި

އެމެރިކާގެ އަލާސްކާ ސްޓޭޓުން ބައިޑެންގެ ސަރުކާރާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ފެޑެރަލް އާކްޓިކް ނެޝަނަލް ވައިލްޑްލައިފް ރެފިއުޖް (އޭއެންޑަބްލިއުއާރު) ގެ ބައެއްގައި ތެލާއި ގޭސް ތަރައްޤީކުރުމަށް ހުއްދަދިނުމަށް ކޮންގްރެސްގެ އިރުޝާދާ ޚިލާފުވުމުގެ ސަބަބުން ކަމަށް އަލާސްކާއިން ބުނެފައިވެއެވެ.

މި ހަފްތާގެ ހޯމަ ދުވަހު އަލާސްކާގެ ޔުނައިޓެޑް ސްޓޭޓްސް ޑިސްޓްރިކްޓް ކޯޓުގައި ހުށަހެޅި މައްސަލައިގައި، ވަނީ ކޯސްޓަލް ޕްލެއިން ސަރަހައްދުގައި ތެލާއި ގޭސް ކޮނުމުގެ ލީސްތައް ވަކި ހުދޫދުތަކެއްގެ ތެރެއިން ދިނުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައިޑެންގެ ސަރުކާރުން ނިންމި ނިންމުމާމެދު ސުވާލު ސުވާލުއުފައްދާފައެވެ.

މައްސަލައިގައި ބުނެފައިވާ ގޮތުގައި، އެފަދައިން ކަން ކުރުމުގެ ސަބަބުން، ޔޫއެސް އިންޓީރިއަރ ޑިޕާޓްމަންޓުން މި މަހު ތެލާއި ގޭސް ޑްރިލްކުރާ ފަރާތްތަކަށް ނީލަމުގައި ވިއްކަން ރާވާފައިވާ 400،000 އޭކަރު (162،000 ހެކްޓަރު) ގެ ބިން "ތަރައްޤީކުރުމަކީ ނުކުރެވޭނެ ނުވަތަ ޢަމަލީގޮތުން ކުރަން އުނދަގޫ" ކަމެއްކަމަށް ވާނެއެވެ.

އަދި މި ހުދޫދުތަކުގެ ސަބަބުން ރެފިއުޖްގައި ކުރިމަގުގައި ތެޔޮ ހޯދުމާއި ޑްރިލްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަމަށް އެ މައްސަލައިގައި އިތުރަށް ބުނެފައިވެއެވެ.

އެހެންކަމުން އަލާސްކާއިން ވަނީ ޑިސެމްބަރުގައި ބައިޑެން ސަރުކާރުން ނިންމި އެ ނިންމުން ބާޠިލުކޮށް، ނީލަމުގައި ލީސްތައް ދޫކުރުން މަނާކުރުމަށް ކޯޓުން އަމުރުކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ