ލޮސްއޭންޖަލަސްގައި ރޯވެ ފެތުރެމުންދާ އަލިފާން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
09 Jan 2025 | 10:05
ލޮސްއޭންޖަލަސްގެ ސަރަހައްދުތަކުގައި ރޯވި އަލިފާން ކޮންޓްރޯލްނުވެ ފެތުރެނީ!

އެމެރިކާގެ ލޮސްއޭންޖަލަސްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ރޯވަމުންދާ އަލިފާން ކޮންޓްރޯލްނުވެ ހޮލިވުޑް ހިލްސްއާއި ހަމައަށް ފެތުރިއްޖެއެވެ.

ލޮސް އޭންޖަލަސްގެ 5 ސަރަހައްދެއްގައި އަލިފާން ރޯވެފައިވާއިރު، މިހާދިސާތަކުގައި 5 މީހުން މަރުވެ، 1،000 އަށްވުރެ ގިނަ އިމާރާތްވަނީ އަލިފާން ރޯވެ އަނދާފައެވެ.

ލޮސްއޭންޖަލަސްގައި ރޯވެ ފެތުރެމުންދާ އަލިފާން-- ފޮޓޯ: ރޮއިޓާސް

ލޮސްއޭންޖަލަސް ފަޔަރ ޑިޕާޓްމަންޓްގެ ޗީފް ކްރިސްޓިން ކްރައުލީ ވިދާޅުވި ގޮތުގައި، ބުދަ ދުވަހުގެ ހަވީރު ހޮލިވުޑް ހިލްސްގައި އަލިފާން ރޯވާން ފެށުމާ ގުޅިގެން އެ ސަރަހައްދުން މީހުން ހުސްކުރުމަށް އަމުރުނެރެފައިވާއިރު، މި ހާދިސާއާ ގުޅިގެން ލޮސްއޭންޖަލަސް ކައުންޓީގައި ރޯވަމުންދާ އަލިފާނުގެ އަދަދު ވަނީ ހަޔަކަށް އިތުރުވެފައެވެ.

ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި ރޯވަމުންދާ 6 އަލިފާނުގެ ތެރެއިން އެއް އަލިފާން ފިޔަވައި އެހެން އެއްވެސް އަލިފާނެއް މިހާތަނަށް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މީގެ ތެރޭގައި ސިޓީގެ އިރުމަތީ އަދި ހުޅަނގު ފަރާތުގައި ރޯވަމުންދާ ބޮޑު ދެ ހުޅުގަނޑުވެސް ހިމެނޭއިރު، ގަދަ ހޫނާއި، ވައިގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ދަތިވެ، އަލިފާން އިތުރަށް ފެތުރުމަށް ދަނީ މަގުފަހިވަމުންނެވެ.

ލޮސްއޭންޖަލަސްގައި ރޯވެ ފެތުރެމުންދާ އަލިފާން-- ފޮޓޯ: ރޮއިޓާސް

"ސަންސެޓް ފަޔަރ" ގެ ނަން ދީފައިވާ މި އަލިފާންގަނޑު ހޮލިވުޑް ހިލްސްއާއި ހަމައަށް ފެތުރި، މިނެޓުތަކެއްގެ ތެރޭގައި 20 އޭކަރަށް ފެތުރިގެންދިޔައިރު، މި ހާދިސާއާ ގުޅިގެން ލޮސްއޭންޖަލަސް ފަޔަރ ޑިޕާޓްމަންޓުން ވަނީ ހޮލިވުޑް ބުލްވާޑާއި، މަލްހޮލަންޑް ޑްރައިވް، 101 ފްރީވޭއިން އަދި ލޯރަލް ކެނިޔަން ބުލްވާޑުން ފެށިގެން ހުޅަނގަށް އޮތް ސަރަހައްދުގައި ދިރިއުޅޭ މީހުން ސަރަހައްދު ދޫކޮށް ދިޔުމަށް އަންގާފައެވެ.

އަންގާރަ ދުވަހުން ފެށިގެން ލޮސް އޭންޖަލަސްގެ ސަރަހައްދުތަކުގައި ރޯވަމުންދާ މި އަލިފާނުގެ ސަބަބުން 100،000 އަށްވުރެ ގިނަ މީހުން  އެވަކުއޭޓް ކުރުމަށް އަމުރު ނެރެވިފައިވާއިރު، އަލިފާންގަނޑު ފެތުރެމުންދާތީ، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަލިފާން ކޮންޓްރޯލް ކުރުމަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ