ލޮސް އޭންޖަލަސް އަނދަނީ-- ފޮޓޯ: އޭޕީ
ދުނިޔެ
11 Jan 2025 | 15:13
ލޮސް އޭންޖަލަސްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ؛ މިހާތަނަށް 11 މީހުން މަރުވެއްޖެ

މިދިޔަ ހަފްތާގެ އަންގާރު ދުވަހުން ފެށިގެން އެމެރިކާގެ ލޮސް އޭންޖަލަސް (އެލްއޭ) ގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

މިހާތަނަށް 6 ސަރަހައްދަކަށް މި އަލިފާންގަނޑު ފެތުރިފައިވާއިރު، މި ހާދިސާއާއި ގުޅިގެން 11 މީހަކު ވަނީ މަރުވެފައެވެ.

ގަދަ ވަޔާއި ގިނަ ދުވަހު ވާރޭ ނުވެހުމުގެ ސަބަބުން ރޯވިކަމަށް ލަފާކުރާ މި އަލިފާންގަނޑު އިއްޔެ އެ ސަރަހައްދުގެ ބްރެންޓްވުޑް ނެއިބާހުޑް އާއި ދިމާލަށް މިސްރާބުޖެހުމާއި ގުޅިގެން އެ ސަރަހައްދުން މީހުން ހުސްކުރުމަށް އަމުރު ނެރެފައިވާއިރު، އެލްއޭގެ ކައުންޓީ އޮފީސް އޮފް އެމަޖެންސީ މެނޭޖްމަންޓްގެ ތަރުޖަމާނު ޖީސަސް ރުއިޒް ވިދާޅުވީ، އަލިފާންގަނޑު ވަރަށް އަވަސް ސްޕީޑެއްގައި ފެތުރެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް އަލިފާންގަނޑު ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެކަމާއި ގުޅިގެން ނުހަނު ކަންބޮޑުވާކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އެލްއޭގައި އުޅޭ 153,000 މީހުން އެމީހުންގެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، 10,000 އަށްވުރެ ގިނަ އިމާރާތްވަނީ އަލިފާނުގައި އަނދައިގެން ގޮސްފައެވެ.

ލޮސް އޭންޖަލަސްގެ ބޮޑު ސަރަހައްދެއް އަނދާފައި؛ 8 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެކަމަށް ލަފާކޮށްފައިވޭ-- ފޮޓޯ: ޕޯސްޓް ގެޒެޓް

މިއީ އެލްއޭގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއަށްވާއިރު، މި ހާދިސާގައި މިހާތަނަށް ލިބުނު ގެއްލުމުގެ އަދަދު 8 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ލޮސް އޭންޖަލަސްގައި އަލިފާން ރޯވި ސަރަހައްދުތައް:

ޕެލިސައިޑްސް: މިއީ އެންމެ ފުރަތަމަ އަލިފާން ރޯވި އަދި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަށް ކަމަށްވާއިރު، މި ސަރަހައްދުގެ 21،000 އަކަފޫޓު އަދާފައިވާއިރު، އޭގެ ތެރޭގައި އަޕްމާކެޓް ޕެސިފިކް ޕެލިސޭޑްސް ނެއިބަރހުޑް ވެސް ހިމެނެއެވެ. މި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑުގެ ކޮންޓްރޯލް ކުރެވިފައިވަނީ 8 އިންސައްތައެވެ.

އީޓަން: ލޮސް އެންޖެލިސްގެ އުތުރު ސަރަހައްދުގައި ރޯވެ، އަލްޓަޑެނާ ފަދަ ސިޓީތަކުގެ ތެރެއިން ރޯވެފައިވާއިރު، މި ސަރަހައްދުގެ  ގާތްގަނޑަކަށް 14،000 އަކަމީޓަރު އަދާފައިވާއިރު، މިއީ  އެ ސަރަހައްދުގައި ހިނގި ދެވަނައަށް އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މީގެ ތެރެއިން މިހާތަނަށް ކޮންޓްރޯލް ކުރެވިފައިވަނީ 3 އިންސައްތައެވެ.

ހާސްޓް: ސެން ފަރނަންޑޯގެ  އުތުރުގައި އޮންނަ މި ރަށަށް އަލިފާނުގެ އަސަރުކޮށް، އަންގާރަ ދުވަހުގެ ރޭ އަނދަން ފެށިއިރު، 771 އަކަމީޓަރަށް ވަނީ އަސަރުކޮށްފައެވެ. މި ސަރަހައްދުގައި ރޯވި އަލިފާނުގެ 70 އިންސައްތަ ވަނީ މިހާރު ކޮންޓްރޯލް ކޮށްފައެވެ.

ލޮސް އޭންޖަލަސް އަނދަނީ-- ފޮޓޯ: ޕީޕަލް

ލިޑިއާ: މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރު ފަހު ލޮސް އެންޖެލިސްގެ އުތުރުގައި އޮންނަ ފަރުބަދަމަތީ އެކްޓަން ސަރަހައްދުގައި ރޯވެ، ގާތްގަނޑަކަށް 400 އަކަމީޓަރުގެ ބިމަކަށް ވަނީ އަސަރުކޮށްފައެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ސަރަހައްދުގައި ރޯވި އަލިފާނުގެ 98 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ކެނެތު: ބުރާސްފަތި ދުވަހު ލޮސް އެންޖެލިސް އާއި ވެންޗޫރާ ކައުންޓީގެ ބޯޑަރުގައި ރޯވި މި އަލިފާނުގެ އަސަރު މިހާތަނަށް 1،000 އަކަފޫޓަށް ވުރެ ގިނަ ބޮޑު ސަރަހައްދަކަށް ހުއްޓިފައިވާއިރު، އެ އަލިފާންގަނޑު ފެތުރުން ހުއްޓުވައި އޭގެ 50 އިންސައްތަ ވަނީ ނިއްވާލާފައެވެ.

އާޗަރ: މި ސަރަހައްދުގައި ހުކުރު ދުވަހު އަލިފާން ރޯވެ 19 އަކަފޫޓަށް އަސަރުކޮށްފައިވާއިރު، މިހާތަނަށް މި އަލިފާންގަނޑު އެއްވެސް ވަރަކަށް ނިއްވާލުމުގައި ކާމިޔާބުވެފައެއް ނުވެއެވެ.

އެމެރިކާގެ އަލިފާން ނިއްވާ ފަރާތްތަކުގެ އިތުރުން ކެނެޑާއިން ވެސް އަންނަނީ މި އަލިފާންގަނޑު ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.