އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
12 Jan 2025 | 10:12
ރިޝްވަތުގެ ކުށް ސާބިތުވި ނަމަވެސް ޓްރަމްޕަށް އަދަބު ނުދިނުމަށް ނިންމައިފި

ރިޝްވަތު ދިނުމާއި އެކަން ސިއްރު ކުރުމުގެ ކުށް ސާބިތުވި ނަމަވެސް އެމެރިކާގެ އިންތިހާބީ ރައީސް، ޑޮނަލްޑް ޓްރަމްޕަށް އަދަބު ނުދިނުމަށް ނިންމައި، އެގައުމުގެ ފަނޑިޔާރަކު ހުކުމް އިއްވައިފިއެވެ.

ޓްރަމްޕް އެއްވެސް ޝަރުތެއް ނެތި މިނިވަންކުރުމުގެ ޙުކުމް އިއްވާފައިވާއިރު، މިއީ އެމެރިކާގެ ކުރީގެ ރައީސަކަށް ކުރެވުނު ފުރަތަމަ ޖިނާއީ މައްސަލައިގެ ނިމުމެވެ.

ޓްރަމްޕަށް އެއްވެސް އަދަބެއް، އެއީ ޖަލު ޙުކުމެއް ނުވަތަ ޖޫރިމަނާއެއް ވިޔަސް ނުދިނުމަށް ހުކުމްކުރި ނަމަވެސް އޭނާ މަޤާމާ ޙަވާލުވާނީ ޖިނާއީ ކުށެއްގެ ޙުކުމެއް އޮވެގެން މަޤާމާ ޙަވާލުވާ ފުރަތަމަ އެމެރިކާގެ ރައީސްގެ ގޮތުގައެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް މައްސަލައިގެ ޝަރީއަތުގައި ބައިވެރިވި ޓްރަމްޕް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ދެކޮޅު ހައްދަވައި، އޭނާ މުޅިން މައުސޫމް ކަމަށް ބުނެފައެވެ. ޓްރަމްޕް ބުނިގޮތުގައި، ޢަދުލު އިންޞާފުގެ ނިޒާމު 'ހަތިޔާރަކަށް' ބަދަލުކުރެވިފައިވާ ކަމަށާއި މެންހެޓަންގެ ޑިސްޓްރިކްޓް އެޓަރނީ އަލްވިން ބްރެގް މި މައްސަލަ ހުށަހަޅާފައިވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ.

މިއީ 2016 ވަނަ އަހަރު، އިންތިހާބުގެ ދުވަސްވަރު، އޮރިޔާން ކާޑު އުފައްދާ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސް ހަނު ހުރުމަށް ޝަރުތުކޮށް 130،000 ޑޮލަރު ދިނުމާއި ގުޅިގެން ޓްރަމްޕް ގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

އެއަށްފަހު އެއަހަރު އެމެރިކާގެ ރައީސްކަމަށް ހޮވުމުން އޭނާ ވަނީ މިއީ ލީގަލް އެކްސްޕެންސް ކަމަށް ރިކޯޑްކޮށް އެކަން ފޮރުވާފައެވެ.

މި މައްސަލައާއި ގުޅިގެން ކޮށްފައިވާ ދައުވާ ޓްރަމްޕްގެ މައްޗަށް މިދިޔަ އަހަރުގެ މެއި މަހު ސާބިތުވެފައިވިނަމަވެސް، އެކި އެކި ސަބަބުތަކާއި ހުރެ ހުކުމް އިއްވުން ވަނީ ލަސްކުރެވިފައެވެ. 

މި ދައުވާ ހިމެނޭހެން އިތުރު 4 ދައުވާއެއް ޓްރަމްޕްގެ މައްޗަށް ކުރި ނަމަވެސް، ކޯޓު މަރުހަލާއަށް ގޮސްފައިވަނީ މި ދައުވާ އާއި ގުޅޭ މައްސަލަ އެކަންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.