ލޮސް އޭންޖަލަސްގައި ރޯވެފައިވާ އަލިފާން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
12 Jan 2025 | 11:07
ލޮސް އޭންޖަލަސްގެ އަލިފާނާއި ގުޅިގެން ސިއްހީ ނުރައްކާތެރި ހާލަތު އިއުލާނުކޮށްފި

އެމެރިކާގެ ލޮސް އޭންޖަލަސްގައި ކޮންޓްރޯލްނުވެ ފެތުރެމުންދާ އަލިފާނާއި ގުޅިގެން އެ ސަރަހައްދުގައި ސިއްހީ ނުރައްކާތެރި ހާލަތު އިއުލާނުކޮށްފިއެވެ.

ޔުނައިޓެޑް ސްޓޭޓްސްގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސަސް (އެޗްއެޗްއެސް) ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފަައިވާއިރު، މި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލޮސް އެންޖެލެސްގެ އިރުމަތީ އަދި ހުޅަނގު ފަރާތުގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް 11 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 10،000 އިމާރާތް ވަނީ ހަލާކުވެފައެވެ. އަދިވެސް އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެމުންދާތީ މިއަދަދުތައް މައްޗަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެޗްއެޗްއެސް އިން ބުނީ، މި އިޢުލާނުގެ ސަބަބުން ސެންޓަރސް ފޯ މެޑިކެއަރ އެންޑް މެޑިކެއިޑް ސަރވިސަސް (ސީއެމްއެސް) ގެ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ސަޕްލަޔަރުންނަށް މެޑިކެއަރ އަދި މެޑިކެއިޑް އިންޝުއަރެންސް ޕްލޭންތަކުގެ ދަށުން ރަޖިސްޓްރީވެފައިވާ މީހުންގެ ކުއްލި ސިއްހީ ބޭނުންތައް ފުއްދުމުގައި އިތުރު ލުއިފަސޭހަކަން ލިބިގެންދާނެކަމަށެވެ.

އެޗްއެޗްއެސް އިން ބުނެފައިވާ ގޮތުގައި އެޑްމިނިސްޓްރޭޝަން ފޯ ސްޓްރެޓެޖިކް ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އޭއެސްޕީއާރު) އިން ވަނީ އެގައުމުން އެދިއްޖެ ހާލަތެއްގައި އެހީތެރިވާނެ މީހުންނާއި މެޑިކަލް އާލާތްތަކާއި ސާމާނު ފޮނުވުމަށް ތައްޔާރުވެފައެވެ.

މި ކާރިސާއާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް ހިނގާ ޚަރަދު އެމެރިކާގެ ސަރުކާރުން ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަލިފާން ނިއްވުމަށާއި އަލުން އާރާސްތުކުރުމަށް ބޭނުންވާ ވަސީލަތްތައް ކެލިފޯނިއާއަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ބައިޑެން ވަނީ ދެއްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.