މުހަންމާ އާއި ސަރާހަތު
ހަބަރު
16 Jan 2025 | 10:03
ބްރޯޑްކޮމްއަށް ސަރާހަތުއާއި މުހައްމާ އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އަދި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަނީ، ބްރޯޑްކޮމްއަށް މެންބަރުން އައްޔަނު ކުރުމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ނަންތަކަށް ވޯޓަށް އަހާފައެވެ.

އެގޮތުން ނެގި ވޯޓުގައި ސަރާހަތު އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ދެއްވާފައިވާއިރު މުހަންމާ އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 58 މެމްބަރަކު ވޯޓު ދެއްވިއެވެ. 

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު, އެ މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި އިރު, ލިސްޓު އޮތީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.

އެގޮތުން އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުހައްމާ އަދި އިބްރާހިމް މުއާޒު އަލީ (މުއާ)ގެ ނަމެވެ.

އެހެންނަމަވެސް ފަހުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެ ލިސްޓުގެ ކުރީގައި އޮތީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތީ ތަޖުރިބާކާރު  ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ.

އިންޓަވިއުއަށް ފަހު މުހައްމާ ލިސްޓުގެ ތިންވަނަ ވެއްޓިފައިވާއިރު, މުއާޒުގެ ނަން ވަނީ ކޮމިޓީގެ ލިސްޓުން ކަޓާފައެވެ. ބްރޯޑްކޮމް އަށް އައްޔަންކުރަން ގާބިލް ކަމަށް ކޮމިޓީން ބަލާފައި ވަނީ 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުންނެވެ. މުއާޒުއަށް 68 މާކްސް ލިބިފައިވާތީ ތަޅުމަށް ފޮނުވާ ނަންތަކުގެ ލިސްޓުން އޭނާގެ ނަން ވަނީ ކަޓައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ