އިސްރާއީލް ސިފައިންގެ ބަޔަކު ފަލަސްތީނުގެ އަވަށަކަށް އަރައި ހަރަކާތްތެރިވަނީ...
ހަބަރު
16 Jan 2025 | 14:59
ގަތުލު އާއްމު ހުއްޓުވުމުގެ އެއްބަސްވުމުގައި ނަތަންޠާހޫ ފަންޏެއް އަޅުވައިފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތާއި އިސްރާއީލް ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އާދެވުނުކަމަށް މީޑިއާތަކުން ވަނީ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައެވެ. ދެފަރާތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުން ޔަހޫދީންނަށް މާލީ ގޮތުންނާއި ހަތިޔާރުގެ ގޮތުން ވާގިވެރިވަމުން އަންނަ އެމެރިކާއިން ވަނީ އެކަމަށް މަރުހަބާކިޔާފައެވެ. އެއާއެކު ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުންވެސް ވަނީ އެކަމަށް މަރުހަބާކިޔާފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރަމުންދާ ހަމާސް ޖަމާއަތާއި އިސްރާއީލް ސަރުކާރާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް  އެއްބަސްވުމަކާ ހަމަޔަށް ދިޔައީ ގަތަރުން މެދުވެރިއެއްގެ ރޯލުއަދާކޮށްގެން ކުރި މުއާމަލާތްތަކަށްފަހުއެވެ. ހަމާސް އަދި އިސްރާއީލްގެ އޮފިޝަލުންގެ މެދުގައި ވެވުނު އެއްބަސްވުމުގައި ދެފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމަށް އެއްބަސްވެފައިވާކަމަށް އޭއެފްޕީން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އިސްރާއީލްގެ ބޮޑެތި މީޑިއާތަކުންވެސް ވަނީ އެގޮތަށް ހަބަރުތައް ރިޕޯޓްކޮށްފައެވެ.

ދެފަރާތުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވާން ނިންމާފައިވަނިކޮށް މިއަދު އިސްލާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންވަނީ އެއްބަސްވުމަށް އަމަލުކުރުމާ ގުޅޭގޮތުން ކެބިނެޓްގައި މިއަދު ނަގަން ހަމަޖެހިފައި އޮތް ވޯޓް ހުއްޓުވާފައެވެ. ނަމަވެސް ވޯޓު ހުއްޓާލި ސަބަބެއް އަދި ސާފެއް ނުވެއެވެ. 

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިކަން އިއުލާނުކުރުމަށްފަހުވެސް ނިރުބަވެރި ސިފައިން ވަނީ، ޣައްޒާއަށް ހަމަލާތަކެއް ފޮނުވާލާފައެވެ. އިސްރާއީލުން މިފަހަރު ފަލަސްތީނުގެ އާއްމުރައްޔިތުންނާ ދެކޮޅަށް ދޭންފެށި ހަމަލާތަކަށް 15 މަސް ވެފައިވާއިރު، ހަމަލާތަކުގައި މިހާތަނަށް 46،000 ހާހަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އެތައްހާސްބަޔަކު ވަނީ ގެދޮރުން ނެރެލާފައެވެ.

ދެފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ގޯސްވާ ކޮންމެ ފަހަރަކުވެސް އިސްރާއީލުން ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކަށް އެއްބަސްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮންމެސް ހުއްޖަތެއް ދެއްކުމަށްފަހު އިސްރާއީލުން ފަލަސްތީނަށް އަނެއްކާވެސް ހަމަލާތައްދޭން ފަށައެވެ. އިސްރާއީލުން ބައިނަލްއަޤްވާމީ މުއާހަދާތަކާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ގޮވާލަމުންދިޔަ ނަމަވެސް އިސްރާއީލުން އެއްވެސް އަޑެއް އަހާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.