އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކް ޓޮކް ބޭނުން ކުރުން މަނާވާނެ-- ފޮޓޯ: ބީބީސީ
ދުނިޔެ
18 Jan 2025 | 10:18
އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާވާނެ!

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގެ މައި ކުންފުނިން އެ އެޕް ނުވިއްކައިފިނަމަ، މި އާދަިއްތަ ދުވަހުން އެމެރިކާގައި ޓިކްޓޮކް މަނާވާނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވި 9 ފަނޑިޔާރުންގެ އިއްތިފާގުން މިފަދައިން ނިންމި ނަމަވެސް، އެމެރިކާގެ ރައީސް، ޖޯ ބައިޑެން ވަނީ އޭނާގެ ވެރިކަމުގެ މަދު ވަގުތުކޮޅު ތެރޭގައި އެގާނޫނު ތަންފީޒު ނުކުރާނެކަމަށާއި، އެކަން ދޫކޮށްލާނީ އެމެރިކާގެ ރައީސް ކަމާއި ހަވާލުވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށެވެ.

ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައިމިވަނީ، ވެރިކަމާއި ހަވާލުވުމަށްފަހު މި އެޕް އެމެރިކާގައި މަނާ ކުރުމާއިމެދު ގޮތެއް ނިންމުމަށްޓަކައި، ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވެސް މި ގާނޫނު ތަންފީޒު ކުރުން ފަސްކުރުމަށް މަސައްކަތް ކުރައްވާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމެރިކާގެ ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ޓިކްޓޮކް ލިބެންވާނެކަމަށާއި، އެހެން ނަމަވެސް އެމެރިކާގައި ޓިކްޓޮކް ހުއްދަ ކުރެވޭނީ ހަމައެކަނި އެމެރިކާގެ މިލްކިއްޔާތުގެ ދަށުން ނުވަތަ މި ޤާނޫނު އެކުލަވާލުމުގައި ކޮންގްރެސްއިން ފާހަގަކޮށްފައިވާ ޤައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކަށް އެޑްރެސްކުރާ އެހެން ފަރާތެއްގެ މިލްކިއްޔާތުގެ ދަށުންކަމަށެވެ.

އެމެރިކާއިން މި އެޕް މަނާކުރުމަށް ނިންމީ، އޭގެ މައި ކުންފުނިން އެމެރިކާގެ ރައްޔިތުންގެ މަޢުލޫމާތު ޗައިނާގެ ސަރުކާރަށް ދީފާނެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ. މިއާއިއެކު އެ އެޕް ވިއްކުމަށް އެމެރިކާއިން ހުށަހެޅި ނަމަވެސް، ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން ތަކުރާރުކޮށް ބުނެފައިވަނީ އެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ނުވިއްކާނެ ކަމަށެވެ.

މިއާއިއެކު، އެމެރިކާގެ 170 މިލިއަން ރައްޔިތުން ބޭނުންކުރާ މި ސޯޝަލް މީޑިއާ އެޕް، ޓްރަމްޕް ރައީސް ކަމާއި ހަވާލުވުމުގެ އެއް ދުވަސް ކުރިން އެގައުމުގައި މަނާ ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.