އިސްރާއީލުގެ ކެބިނެޓް-- ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
18 Jan 2025 | 13:17
އިސްރާއީލުގެ ކެބިނެޓުން ޣައްޒާ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުން ފާސްކޮށްފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ސަލާމަތީ ކަންކަމާއި ބެހޭ ކެބިނެޓުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓޫލުމުގެ އެއްބަސްވުން ފާސްކޮށްފިއެވެ.

މިދިޔަ އަހަރުއްސުރެ 460 އަށް ވުރެ ގިނަ ދުވަސްވަންދެން ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އުދުވާނުގެ ސަބަބުން 46,788 ޝަހީދުވެފައިވާއިރު، ހަމާސް އިންވެސް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފާސްކުރިކަންހާމަކޮށް، އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 6 ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދިގުދެމިގެންދިޔަ ބައްދަލުވުމަކަށްފަހު އިސްރާއީލުގެ ސަރުކާރުން މި އެއްބަސްވުން ތަސްދީގުކުރުމަށް ނިންމާފައިވާކަމަށެވެ.

މިއެއްބަސްވުމަށް އަމަލީ ސިފަ އާދިއްތަ ދުވަހު އަންނާނެކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އެއްބަސްވުން ތަސްދީގު ކުރުމަށް ނިންމީ ޔަހޫދީ ސަރުކާރުގެ 24 ވަޒީރުން ވޯޓާއިއެކުއެވެ. މި އެއްބަސްވުމާއި ދެކޮޅަށް 8 ވަޒީރަކު ވަނީ ވޯޓު ދީފައެވެ.

މި އެއްބަްވުމުގެ ދަށުން ޔަހޫދީން ރަހީނުކޮށްފައިވާ 737 ފަލަސްތީނު ރައްޔިތުންރގެ ލިސްޓެއް ނެރެފައިވާއިރު، މީގެ ތެރޭގައި  ހަމާސް، ފަލަސްތީނު އިސްލާމިކް ޖިހާދު، އަދި ފަލަސްތީނު އޮތޯރިޓީގެ ވެރިކަން ކުރާ ފަތަހް ހަރަކާތުގެ މެމްބަރުންވެސް ހިމެނެއެވެ.

މިކަމާއި ގުޅޭގޮތުން އަލް ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، 42 ދުވަހުގެ ތެރޭގައި ހަމާސްއިން ހައްޔަރުކުރި 33 ޔަހޫދީން ދޫކޮށްލާއިރު، ޔަހޫދީ ފައުޖުން ރަހީނު ކުރި 1,700 ފަލަސްތީނު ރައްޔިތުން ދޫކޮށްލެވޭނެއެވެ.

މިކަމާއި ގުޅޭގޮތުން، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް އުޅުނު މެދުވެރިއެއް ކަމަށްވާ ބްރެޓް މެކްގަރކް ބުނީ، އާދިއްތަ ދުވަހުގެ ހެނދުނު މި އެއްބަސްވުމަށް އަމަލު ކުރަން ފެށޭނެކަމަށާއި، އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި  ރެޑް ކްރޮސް މެދުވެރިކޮށް 3 މީހަކު އިސްރާއީލަށް ފޮނުވާލެވޭނެކަމަށެވެ. 

މިދިޔަ ހަފްތާގެ ބުދަ ދުވަހު، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާނު ކުރި ނަމަވެސް، ނިރުބަވެރި ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުން އަންނައިރު، މި ހަމަލާތަކުގައި 120 މީހުން ވަނީ މިހާތަނަށް ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.