ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް
ހަބަރު
18 Jan 2025 | 13:02
އޮޑިޓަރ ޖެނެރަލް ސިފަކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތްތައް ދެނީ ނަމަކަށް ކަމަށް!

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އާންމުނަށް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ، މިނިސްޓްރީގެ މަގްސަދު ހާސިލްވާގޮތަށް ނޫންކަމަށްބުނެ، މިނިސްޓްރީގެ މަސައްކަތްތައް ހުރީ ވަރަށް ދޯދިއާކޮށްކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި އޮޑިޓް އޮފީހުން ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ކޮށްފައެވެ. މި އޮޑިޓާ ބެހޭގޮތުް ރިޕޯޓްގައި ބުނެފައިވަނީ، މިނިސްޓްރީގެ މައިގަނޑު މަގްސަދު އާސިލްވާގޮތަށް މަސައްކަތްތައް ހަރުދަނާގޮތެއްގައި ރޭވިފައި ނުވާކަމަށާއި، މިނިސްޓްރީގައި ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހުރީ ވަރަށް ދޯދިއާކޮށް ކަމަށެވެ. 

އޮޑިޓް އޮފީހުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް އިންޓަގްރޭޓެޑް ސިސްޓަމެއް ގާއިމްކުރެވިފައި ނެތުމާއި އުޅަނދުފަހަރުގެ މައުލޫމާތުތައް އެޅުމަށް ބޭނުންކުރާ ސިސްޓަމްގެ ކޮންޓްރޯލް މައްސަލަތައް ހުރުމުން ސިސްޓަމްގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވުމާއި ހިދުމަތްތައް ދިނުމަށް ހޭދަވާ ވަގުތު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. 

އޮޑިޓްގައި ފާހަގަކުރެވުނު މައްސަލަތައް:

- އެއްގަމާއި ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ސިސްޓަމްގެ ކޮންޓްރޯލްގައި މައްސަލަތައް ހުރުމުން، ސިސްޓަމްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤަވާއިދާ ހިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވުން.

- ހިދުމަތް ދިނުމަށް އިންޓަގްރޭޓް ކޮށްފައިނުވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރަން ޖެހުމުން، ސިސްޓަމުން ބޭރުން މެނުއަލްކޮށް ކުރަންޖެހ މަސައްކަތް ގިނަވެ، ހިދުމަތް ދިނުމަށް ނަގާ ވަގުތު އިތުރުވުން.

- ސިސްޓަމްތައް ޒަމާނީ ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފެއިލްވުން

- އައިޓީ ސިސްޓަމްތައް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތުމުން، މިނިސްޓްރީން ތަންފީޒުކުރާނެ ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރެވިފައި ނެތުން.

އޮޑިޓް އޮފީހުން ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް އޮޑިޓްކުރެވުނު ދުވަސްތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފިޔަވައި އެހެނިހެން ހިދުމަތްތައް އެދި ހޯދުމަށް ހުށަހެޅި 25،347 އެޕްލިކޭޝަންގެ ތެރެއިން ކަނޑައެޅިފައިވާ ތާރީހުގައި ނިމިފައިވަނީ 4،367 އެޕްލިކޭޝަން ކަމަށެވެ. ހިދުމަތްތައް ދިނުމަށް ލަސްވާ ސަބަބެއްކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ހިދުމަތަށް އެދޭފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވުމާއި، އަސްލު ލިޔުންތައް ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެލިޔުންތައް ލަސްވުމާއި، މުއައްޒަފުން މަދުވުން ކަމަށެވެ. މީގެ އިތުރުން އީޕޯޓަލްއަށް ޓެކްނިކަލް މައްސަލަތައް ދިމާވުންވެސް ހިމެނެއެވެ.

އޮޑިޓް ރިޕޯތްގައި ބުނެފައިވަނީ، އައިޓީކަންކަން ބެލެހެއްޓުމަށް 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އެކި ފަހަރުމަތިން ކޮންސަލްޓަންޓުންގެ ގޮތުގައި 4 ފަރާތެއް އައްޔަނުކޮށް 2.2 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް ކޮންސަލްޓަންޓުންގެ އެޑްމިން ލޮގިންތަކުން ކޮށްފައިވާ މަސައްކަތްތަކާއި އެ ލޮގިން އިން ސިސްޓަމަށް ގެންނަ ބަދަލާ ގުޅޭ ލިޔުންތައް އެފަރާތްތައް ވަކިވެގެންދާއިރުވެސް މިނިސްޓްރީން ބަލާފައިނުވާކަމަށެވެ. މީގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތްތައް ދިނުމަށް ގެންގުޅޭ ސިސްޓަމްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ސުވާލު އުފެދޭކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުންވެސް އޮޑިޓް ރިޕޯޓްގައި އެތައް މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ރިޕޯޓްގައި ވަނީ އެކަންކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.