ލަންކާގައި ދިން ބޮމުގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

22 Apr 2019 | 22:28

ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ބައެއްގެ ފުރާނަ ގެއްލުނު އެ ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ލަންކާގެ ސަރުކާރާއި، ރައްޔިތުންނާއި އަދި ހަމަލާގައި ގެއްލުންވި އާއިލާތަކަށް އެބޭފުޅާ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ބައެއް ޗާޗްތަކަށާއި ކޮޅުނބުގެ ފަސް ތަރީގެ ހޮޓެލްތަކަކަށެވެ.

އެގޮތުން ކޮޅުނބުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލް ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ތިން ހޮޓަލަކީވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ދެތަނެވެ.

މި ހަމަލާތައް ދިނީ، ޗާޗްތަކުގައި އީސްޓަރ ސަންޑޭގެ ސާރވިސް ކުރިއަށް ދަނިކޮށެވެ.

Advertisement

ކޮމެންޓް