ޔަހޫދީން ރަހީނު ކުރި ޣައްޒާގެ ރައްޔިތުން އެނބުރި ޣައްޒާއަށް އައުން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
20 Jan 2025 | 10:21
ޔަހޫދީ ފައުޖުން ރަހީނުކުރި ޣައްޒާގެ 90 ރައްޔިތުން ދޫކޮށްލައިފި

ފާއިތުވި 15 މަސްދުވަހު މެދު ކެނޑުމެއްނެތި ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވުމަށްފަހު، އެއަށް އަމަލުކުރަން ފެށި ފުރަތަމަ ދުވަހު ޔަހޫދީ ފައުޖުން ރަހީނު ކުރި ޣައްޒާގެ 90 ރައްޔިތުން މިނިވަން ކޮށްފިއެވެ.

އެއްބަސްވުމާއި އެއްގޮތަށް ހަމާސް އިން ވެސް ހައްޔަރުކޮށްފައިވާ 3 ޔަހޫދީ އަންހެނުން ދޫކޮށްލިއިރު، ހަމާސް ޖަމާއަތުގެ މެމްބަރުން އާއްމުންގެ ތެރެއަށް ނުކުތުމާއިއެކު ޣައްޒާގެ ރައްޔިތުން ވަނީ އުފާފާޅުކުރަން ފަށާފައެވެ.

މިއާއިއެކު، ޔަހޫދީން ރަހީނު ކުރި ފަލަސްތީނުގެ ރައްޔިތުން އެނބުރި ޣައްޒާއަށް އައުމާއިއެކު، އެމީހުންގެ އިންތިޒާރުގައި ތިބި އެތައް ހާސް ބަޔަކު ވަނީ އުފާފާޅުކޮށް ހަވާ އަރުވާފައެވެ. އިއްޔެ ޔަހޫދީ ފައުޖުގެ އަނިޔާވެރިކަމުގެ ދަށުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ 69 އަންހެނުންނާއި ފުރާވަރު އުމުރުފުރާގެ 21 ފިރިހެން ކުދިންނެވެ.

ހަނގުރާމް ހުއްޓާލުމުގެ އެއްބަސްވުުގެ ދަށުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިއެއްބަސްވުމުގެ ދަށުން ފުރަތަމަ 6 ހަފްތާގެ ތެރޭގައި ހަމާސުން ހައްޔަރުކޮށްފައި ތިބި ޔަހޫދީންނާއި، އިސްރާއީލުން ރަހީނުކޮށްފައި ތިބި ޣައްޒާގެ ރައްޔިތުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުން ގާއިމުކުރުން ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ލަސްވެގެން ދިޔައިރު، މި ވަގުތުކޮޅުގެ ތެރޭގައި ވެސް ނިރުބަވެރި ޔަހޫދީން ވަނީ ޣައްޒާއަށް އެތައް ހަމަލާތަކެއް ދީފައެވެ.

މިދިޔައަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން މެދުކެނޑުމެއްނެތި ޣައްޒާގައި ކުރިއަށް ގެންދިޔަ ގަތުލުއާއްމު ހުއްޓާލުމަށް އެއްބަސްވިއިރު، 47,000 މީހުން ޝަހީދުވެ، 2.3 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.