ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ-- ފޮޓޯ: އޭބީސީ ނިއުސް
ދުނިޔެ
25 Jan 2025 | 12:24
އިސްރާއީލާއި މިސްރު ފިޔަވާ އެހެން ގައުމުތަކަށް ދޭ އެހީ އެމެރިކާއިން ހުއްޓާލަނީ!

ގައުމުތަކަށް ދޭ އެހީ ހުއްޓާލުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު މި އޯޑަރުގައި އެމަޖެންސީ ކާބޯތަކެތީގެ ޕްރޮގްރާމާއި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވަނީ މީގެތެރެއިން އިސްތިސްނާކޮށްފައެވެ.

އެމެރިކާގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ނެރުނު މި މެމޯގައި ބުނީ، އެމެރިކާއިން އެހީ ފޯރުކޮށްދޭނީ ގާނޫނުގައި އޮތް މިންވަރަށް އެކަނި ކަމަށާއި، އޭގެ އިތުރުން އެއްވެސް ލުއިއެއް ނުދޭނެކަމަށެވެ.

މިއާއިއެކު އިންސާނީ އެހީތަކާއި ބެހޭ ޖަމިއްޔާތަކުން ވަނީ މީގެ ސަބަބުން ފުރާނަ ގެއްލުމާއި ދުނިޔޭގެ ހަމަނުޖެހުންމަށް މަގުފަހިވެދާނެކަމުގެ ބިރު އެބައޮތްކަން ފާހަގަކޮށްފައެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް އަޅާފައިވާ މި ފިޔަވަޅަށް 85 ދުވަސް ވުމުން، މިކަން އިތުރަށް ކުރިއަށް ގެންދިޔުމާއި މެދު ރޫބިއޯ ގޮތެއް ނިންމާނެކަމަަށް ރިޕޯޓްތައް ބުނެއެވެ.

އެހީތައް ހުއްޓާލުމުގެ ތެރެއިން އެއިޑްސް އާއި ދެކޮޅަށް ހަނގުރާމަކުރުމަށް 2003 ވަނަ އަހަރު އެގައުމުގެ ރައީސް، ޖޯޖް ވޯކަރ ބުޝް އުފެއްދެވި ޕެޕްފަރ ޕްރޮގްރާމް ވެސް ޓްރަމްޕްގެ ސަރުކާރުން މިއަހަރުގެ މާޗު މަހަށް ފަހު ހުއްޓާލާނެކަމަށް ބެލެވެއެވެ. މިއީ މިހާތަނަށް 25 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކޮށްދީފައިވާ އެހީއެކެވެ.

މި ފިޔަވަޅުގެ ތެރޭގައި އެމެރިކާގެ އަސްކަރީ އެހީ އެންމެ ބޮޑަށް ފޯރުކޮށްދޭ އިސްރާއީލާއި މިސްރު ނުހިމެނޭއިރު، އެމެރިކާގެ ހަތިޔާރަށް ބަރޯސާވާ ޔޫކްރެއިންގެ ވާހަކަ މެމޯގައި ބުނެފައެއް ނުވެއެވެ.

އެމެރިކާއިން 2023 ވަނަ އަހަރުވެސް ގައުމުތަކަށް އެހީގެ ގޮތުގައި 60 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އެގައުމުގެ އިގްތިސާދުގެ އެންމެ އިންސައްތައެކެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.