އެމެރިކާގެ ރައީސް ކަމާއި ހަވާލުވިތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ޓްރަމްޕް ވަނީ މި ނިންމުން ހާމަކޮށްފައި-- ފޮޓޯ: ނިއުސް 18
ދުނިޔެ
26 Jan 2025 | 10:53
ޑަބްލިއުއެޗްއޯއިން އެމެރިކާ ރަސްމީކޮށް ވަކިވާނީ 2026 ގައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމެރިކާ ރަސްމީކޮށް ވަކިވާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ގައި ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ވަކިވާނެކަން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، އެގައުމުގެ ކޮންގްރެސްގެ 1948 ވަނަ އަހަރުގެ ރެޒޮލިއުޝަންގައިވާ ގޮތުން، އދ ގެ އެއްވެސް ޖަމިއްޔާއަކުން ވަކިވާނަމަ އެއް އަހަރުގެ ނޯޓިސްއެއް ދީ، ދައްކަންޖެހޭ ފައިސާ ދޭން ޖެހޭނެއެވެ.

އެމެރިކާއަކީ ޑަބްލިއުއެޗްއޯއަށް މާލީ ގޮތުން އެންމެބޮޑަށް އެހީވާ ގައުމަށްވާއިރު، އެޖަމިއްޔާއަށް ލިބޭ ފައިސާގެ 18 އިންސައްތަ އަކީ އެމެރިކާއިން ފޯރުކޮށްދޭ ފައިސާއެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް އެމެރިކާއިން ވަނީ 6.8 ބިލިއަން ޑޮލަރުގެ މާލީ އެހީ ޑަބްލިއުއެޗްއޯއަށް ދީފައެވެ.

މިކަމާއި ގުޅިގެން އދ ގެ ތަރުޖަމާނު، ފަރުހާން ހަގް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން އެމެރިކާ ވަކިވުމުގެ ނޯޓިސް ލިބިފައިވާކަމަށާއި، އެގައުމުގެ ރަސްމީކޮށް ވަކިވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ބެލެވޭގޮތުގައި، އެމެރިކާ އެ ޖަމިއްޔާއިން ވަކިވުމާއިއެކު އެޗްއައިވީ/އެއިޑްގެ އިތުރުން ތަފާތު ބަލިތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.