ނިރުބަވެރި އިސްރާޢީލް ޖަމާއަތުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ފޮޓޯ/ ގޫގުލް
ދުނިޔެ
05 Feb 2025 | 09:39
އެމެރިކާއިން ޣައްޒާ "މިލްކުކޮށް" އެތަން ތަރައްޤީކުރާނެ: ޓްރަމްޕް

ޣައްޒާ ސަރަޙައްދު "މިލްކުކޮށް" އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމެރިކާއިން ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލް ޖަމާއަތުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމަށްފަހު އެ ސަރަޙައްދު "މެޑިޓަރޭނިއަންގެ ރިވިއެރާ" އަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޣައްޒާގައި ވަޒީފާގެ ފުރުސަތުތަކާއި ގެދޮރު އިތުރުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އެމެރިކާއިން ޣައްޒާ ސަރަޙައްދު އެމެރިކާގެ ދަށަށް ގެނެސް، އެ ސަރަޙައްދުގައި މަސައްކަތްކުރާނަން. އަޅުގަނޑުމެން އެތަން މިލްކުކުރާނަން،" ޓްރަމްޕް ބުންޏެވެ.

އަދި ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތައް ތަޅާލުމާއި އެތަނުގައި ހުރި ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތްވެސް އެމެރިކާއިން ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"މިއީ ފަސޭހައިން ނިންމި ނިންމުމެއް ނޫން. އަހަރެން ވާހަކަދެއްކި ކޮންމެ މީހަކުވެސް އެމެރިކާއިން ޣައްޒާ މިލްކުކޮށް، ތަރައްޤީކޮށް، އަދި އެތައް ހާސް ވަޒީފާތައް އުފައްދައި، އެތަން ތަރައްގީ ކުރުމުގެ ޚިޔާލަށް ލޯބިކުރޭ،" އޭނާ ބުންޏެވެ.

އޭނާގެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ މަދު ތަފްޞީލުތަކެއް ދެމުން، ޓްރަމްޕް އިތުރަށް ބުނި ގޮތުގައި ޣައްޒާގައި ތިބި ނިކަމެތިވެފައިވާ ފަލަސްޠީނުގެ މީހުން "އެހެން ޤައުމުތަކަށް ގެންދާނީ" ކަމަށެވެ. އަދި ފަލަސްޠީނުގެ މީހުން ބޭނުން ނަމަ އެތާނގައި ދިރިއުޅެވޭނެ ކަމަށްވެސް ބުންޏެވެ.

ޓްރަމްޕް ބުނީ ޣައްޒާއަކީ "ދުނިޔޭގެ އެންމެންގެ" ގެއަކަށް ވެދާނެ ކަމަށެވެ.

"އެތަން ބައިނަލްއަޤްވާމީ ތަނަކަށް ހަދައި، މީހުންހައިރާންވާފަދަ ތަނަކަށް ހަދާނެ. އަދި މުޅި ދުނިޔޭގެ ހުރިހާ ތަނަކުން މަންދޫބުން އެތަނުގައި ތިބޭނެ. އެތަނުގައި ދިރިއުޅޭނެ. ފަލަސްޠީނުގެ މީހުންވެސް އެތަނުގައި ދިރިއުޅޭނެ،" އޭނާ ބުންޏެވެ.

ޓްރަމްޕްގެ ވާހަކަ އާއި ގުޅިގެން، ގާޒާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެމެރިކާގެ ސިފައިން ފޮނުވިދާނެތޯ ނޫސްވެރިއަކު އެހުމުން، ޓްރަމްޕް ބުނީ އެއީ ވެދާނެ ކަމެއް ކަމަށެވެ.

"ގާޒާއާ ބެހޭ ގޮތުން، އަހަރެމެން ކުރަންޖެހޭ ކަމެއް ކުރާނަން. ކުރަން ޖެހިއްޖެނަމަ، އަހަރެމެން އެކަން ކުރާނަން،" އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުންޏެވެ.

ޓްރަމްޕްގެ އެ ހުށަހެޅުމާއި ގުޅިގެން، ނިރުބަވެރި އިސްރާއީލް ޖަމާއަތުގެ ބޮޑުވަޒީރު ނެތަންޔާހޫ، ބުނީ، އެމެރިކާގެ ރައީސްގެ ޕްލޭނަކީ "ސަމާލުކަން ދޭންޖެހޭ" އަދި "ތާރީޚު ބަދަލުކޮށްފާނެ" އެއްޗެއް ކަމަށެވެ.

ނަމަވެސް، ޣައްޒާ ސަރަޙައްދު ހިންގާ ޙަމާސް ޖަމާޢަތުން ވަނީ މި ހުށަހެޅުން ކުށްވެރިކޮށްފައެވެ. އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ "ސަރަޙައްދުގައި ހަމަނުޖެހުން އުފެދޭނެ ކަމެއް" ކަމަށެވެ.

އަދި ޣައްޒާގެ ރައްޔިތުން މި ރޭވުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޓްރަމްޕް އޭނާގެ ވާހަކަތަކުގައި ހުށަހަޅުއްވާފައިވަނީ އެމެރިކާއިން އެ ސަރަޙައްދުގެ "ދިގު މުއްދަތެއްގެ މިލްކުވެރިކަމުގެ މަޤާމެއް" އަދާކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.