ނަތަންޔަހޫ އާއި ޓްރަމްޕާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
05 Feb 2025 | 10:23
ޓްރަމްޕާ ނަތަންޔާހޫއާ ދެކޮޅަށް ވައިޓްހައުސް ކުރިމަތީ އިހްތިޖާޖެއް؛ ”ފަލަސްތީނަކީ ސޭލްގައި ވިއްކާލެވޭނެ ތަނެއް ނޫން“

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކުރަމުންދަނިކޮށް، ވައިޓް ހައުސް ކުރިމައްޗަށް އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާކޮށްފިއެވެ. މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ "ފަލަސްތީނަކީ ސޭލްގައި ވިއްކާލެވޭނެ އެއްޗެއް ނޫން" ކަމަށް ގޮވާލާފައެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވުނު މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލުމަށް ޓްރަމްޕަށް ގޮވާލާފައެވެ. އަދި ފަލަސްތީން މިނިވަންކުރުމަށް ގޮވާލަމުން އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަަކާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

މުޒާހަރާގައި ބައިވެރިވި އެކްޓިވިސްޓެއް ކަމަށްވާ މައިކަލް ޝިރްޓްޒަރ ވަނީ އެމީހުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން މެރުމަށް އެމެރިކާގެ ރައްޔިތުން ބޭނުމެއް ނުވާ ކަމަށް ބުނެފައެވެ. އަދި ޓްރަމްޕް ޣައްޒާގެ ސަރަޙައްދުން މީހުން ނެރުމަށް ގޮވާލާފައިވާ ގޮވާލުމަކީ "ބުއްދި ހަމަނުޖެހޭ" ކަމެއް ކަމަށްވެސް ޝިރްޓްޒަރ ވަނީ ބުނެފައެވެ.

"ފަލަސްތީނުގެ ރައްޔިތުން އެތަނުން އެއްވެސް ތަނަކަށް ނުދާނެ. އެއީ އެ ބިމުގެ އަސްލު ވެރިން،" ޝިރްޓްޒަރ އަލް ޖަޒީރާއަށް ބުނެފައިވެއެވެ. "މީހުން ތަނަކުން ނެރެލާނެ ކަމަށް ބުނުމަކީ އެއީ ކޮލޮނައިޒްކުރާ މީހުންގެ ވިސްނުމެއް."

ކުރިން ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާއިން ނުކުތުމުގެ ފުރުސަތު ލިބިއްޖެނަމަ އެކަމަށް "އެދޭނެ" ކަމަށް ބުނެފައެވެ. އަދި އެ ސަރަޙައްދުގެ މުޅި އާބާދީ އެތަނުން ނެރެލުމަށް ގޮވާލާފައިވެއެވެ.

މި ހުށަހެޅުމާ ގުޅިގެން ޢަރަބި ޤައުމުތަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ނުރުހުންފާޅުކޮށް އެކަން ކުށްވެރިކޮށްފައެވެ. އަދި މިއީ ނަސްލު ނައްތާލުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.

ޕނަމަވެސް އިއްޔެ ނެތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އޭނާގެ ބަހަށް އިތުރަށް ބާރުއަޅާފައެވެ. އަދި ޣައްޒާގެ އާބާދީ ނެރެލުމަށްފަހު އެމެރިކާއިން "ގާޒާ ހިފާނެ" ކަމަށާއި އެތަން "މިލްކުކުރާނެ“ ކަމަށް އޭނާ ބުނެފައުވެއެވެ.

ކޮމެންޓް
ޢަބްދުލް ޙަމީދު ޔޫސުފް
ދައްޖާލު ޓުރާންޕާއި، ދައްޖާލު ނަތަންޔާހޫ ބޭނުންވާ ހައި ގޮތެއް މިދުނިޔެެއަކަށް ނުހެދޭނެ،ﷲގެ ކުޅަދުންވަންތަކަން މާބޮޑު
05 Feb 2025
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.