ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ
ހަބަރު
11 Feb 2025 | 15:30
ދައުލަތުގެ ރިޒާވް އިތުުރުވާ ވާހަކަ އެމްޑީޕީން ދޮގުކޮށްފި

ދައުލަތުގެ ރިޒާވް އިތުރުވާ ކަމަށް ސަރުކާރުން ދައްކަމުންދާ ވާހަކަތައް އިދިކޮޅު އެމްޑީޕީން ދޮގުކޮށްފިއެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އެެމްޑީޕީ ސަރުކާރު ނިމުނުއިރު ހުރި ދައުލަތުގެ ރިޒާވްއާއި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރިޒާވްގައި ހުރި އަދަދާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރަސްމީ ރިޒާވްގައި 591 މިލިއަން ޑޮލަރު އަދި ޔޫޒަބަލް ރިޒާވްގައި 129 މިލިއަން ޑޮލަރު ހުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އަހަރެއް ނުވަނީސް އޮކްޓޫބަރުމަހުގެ ތެރޭގައި ރަސްމީ ރިޒާވް ފާއިތުވީ 10 އަހަރުގައިވެސް ދަށަށް ނުދާވަރަށް ދަށަށް ދިޔަކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޔޫޒަބަލް ރިޒާވް ފުރަތަމަ ފަހަރަށް މިހާ ދަށަށްދިޔަ ފަހަރުކަމަށެވެ.

އަމީރު ވިދާޅުވިގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 673 މިލިއަން އެމެރިކާ ޑޮލަރަކީ އިންޑިޔާގެ ރިޒާވް ބޭންކުން އޮކްޓޫބަރުގައި 6 މަސް ދުވަހުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ހިމެނުމުން އަންނަ އަދަދެއް ކަމަށެވެ. 

މި އަދަދު ނުލާ 2024 ނިމުނުއިރު ރަސްމީ ރިޒާވްގައި ހުންނާނީ 273 މިލިއަން ޑޮލަރު ޔޫޒަބަލް ރިޒާވްހުރީ ނެގެޓިވްކޮށް. މާނައަކީ ސަރުކާރުން ބޭނުންކުރަމުންދަނީ ބޭންކްތަކުން އެމްއެމްއޭގައި މިނިމަމް ރިޒާވްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އަމީރު ވިދާޅުވީ ބޭންކުތަކުން އެމްއެމްއޭގެ ރިޒާވްގައި ބަހައްޓާފައި ހުންނަ ފައިސާ ބޭނުންކުރުމަކީ މީގެކުރިން އެއްވެސް ސަރުކާރަކުން ކުރިކަމެއް ނޫންކަމަށެވެ

ޑޮލަރުގެ ރިޒާވާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 708.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށެވެ. މިއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު 5 އިންސައްތަ އިތުރުވުމެކެވެ.

ކޮމެންޓް
އަހުދުނާމާ
ކަލޭމެންގެ ވެރިކަމުގަ ހަމަ ތިގޮތައް 800 މިލިއަން ސްވެޕެއް ނެގި އިންޑިޔާއިން. އެހެންވީމާ މާދައްވާނެ ރިޒާވް ކަލޭމެންގެ ވެރިކަމުގަ
11 Feb 2025
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.