ފެމިލީ ކޯޓުގެ މަންދޫބުން ރައްޔިތުންގެ މަޖިލީިހުގެ ގަވާއިދު ކޮމިޓީގައި---ފޮޓޯ: މަޖިލީސް
ހަބަރު
20 Feb 2025 | 13:03
ދަރިންނަށް ދޭންޖެހޭ ހަރަދު ކަނޑައަޅަންވާނީ ބައްޕައިންގެ ހާލަތަށް ބަލާފައި: ފެމިލީ ކޯޓް

ދަރިންނަށް ދޭންޖެހޭ ހަރަދު ކަނޑައަޅަންވާނީ ބައްޕައިންގެ ހާލަތަށް ބަލާފައި ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ވާހަކަދައްކަމުން ފެމިލީ ކޯޓުގެ މަންދޫބަކު ވިދާޅުވީ ޗައިލްޑް ސަޕޯޓްގެ އަދަދު ގަވާއިދަކުން ކަނޑައަޅާ އަދަދެއް އޮތުމަށްވުރެ ބައްޕަގެ އާމްދަނީއާއި ހާލަތަށް ބަލައިގެން ފަނޑިޔާރުން ނިންމަން ދޫކޮށްލުމަށް ކޯޓުން ތާއީދުކުރާ ކަމަށެވެ.

ފެމިލީ ކޯޓުން މިހެން ބުނީ ކޯޓުން ދޭ ޗައިލްޑް ސަޕޯޓާ ބެހޭ ގޮތުން މަޖިލީހުން މަޝްވަރާ ކުރުމަށް އެދި  ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް  ހުށަހެޅުއްވި ސިޓީއާ ގުޅިގެންނެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ދަރިންގެ ހަރަދުގެ ގޮތުގައި ސަރުކާރުގެ ގަވާއިދުން ކަނޑައަޅާފައިވާ އަދަދަކީ މާ ކުޑަ އަދަދެކެވެ.

މިހާރު ފެމިލީ ކޯޓުން އެންމެ ކުއްޖެއްގެ ހަރަދުގެ ގޮތުގައި ދައްކަން އަންގަނީ އެންމެ މަދުވެގެން މަހަކު 2،000 ރުފިޔާ އެވެ. 

އިބްރާހިމްގެ ސިޓީގައި އަލިއަޅުއްވާފައިވަނީ ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރަށް ބަލާއިރު ކުއްޖަކަށް 2،000 ރުފިޔާ މާ މަދު ކަމަށެވެ.

ގަވާއިދު ކޮމިޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ ޗައިލްޑް ސަޕޯޓްގެ އަދަދުތައް އިތުރުކުރުމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއި އޮފީސްތަކާވެސް މެންބަރުން ވަނީ ބައްދަލުކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަޙްމަދު މައުސޫމް ފާހަގަކުރެއްވި ގޮތުގައި ޗައިލްޑް ސަޕޯޓްގެ އަދަދުގެ އިތުރުން ބައްޕައިންގެ އަތުން އެހެން ފައިސާ ވެސް ހޯދަ އެވެ. އޭނާ ތަފްސީލުކޮށް ވިދާޅުވީ އޭގެ ތެރޭގައި ބެލެނިވެރިޔާގެ މައްޗަށް ދައުވާކޮށްގެން ވަކިވަކިން ދައުވާ ކުރެވޭ ބޭސްފަރުވާގެ ހަރަދާއި ކާނާއާއި ހެދުމުގެ ހަރަދުތައް ހިމެނޭ ކަމަށެވެ.

އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ މިހާރު ވެސް ބައްޕައިންގެ އަތުން ބޮޑެތި އަދަދުތަކުން ދައުވާ ކުރާ ކަމަށާއި ޗައިލްޑް ސަޕޯޓަށް އެއް ބައްޕައެއްގެ އަތުން މަހަކު ޖުމްލަ 16،000 ރުފިޔާ ދައްކަން ކޯޓުން އަމުރު ކުރި ކަމަށެވެ. މައުސޫމް ވިދާޅުވި ގޮތުގައި މި އިތުރު ފައިސާ ހޯދުމަށް ދައުވާ ކުރާއިރު ޝަކުވާ އުފެދެނީ ކޯޓު މެދުވެރިކޮށް ވަކިން ދައުވާ ކުރަން ޖެހުމުންނެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މިހާރު އޮތް ގަވާއިދުގައި ޗައިލްޑް ސަޕޯޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫނެވެ. ފެމިލީ ކޯޓުން ބުނީ މިހާރު ހުށަހަޅާފައިވާ ޗައިލްޑް ސަޕޯޓްގެ އަދަދު ކަމުގައިވާ 4،000 ރުފިޔާއަކީ އެންމެ އިންސާފުވެރި ނިންމުމަކަށް ނުވެދާނެ ކަމަށެވެ.

 ޗައިލްޑް ސަޕޯޓް ދެއްކުމަށްފަހު ބައްޕައިންނަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވި މައްސަލަތަކާއި ކުރީގެ ކައިވެންޏަކުން ޗައިލްޑް ސަޕޯޓް ހަރަދު ބޮޑުކަމުން ދެވަނަ ކައިވެންޏަން ލިބޭ ދަރިފުޅަށް ޚަރަދު ނުކުރެވޭތީ ބައެއް ބައްޕައިންގެ ދެވަނަ ކައިވެނި ނިމުމަކަށް އަންނަ މައްސަލަތަކަށް މައުސޫމް އަލިއަޅުވާލެއްވިއެވެ.  

މި ކަންތައްތަކަށް ބިނާކޮށް މައުސޫމް ވިދާޅުވީ ބައްޕައިންގެ އާމްދަނީއާއި ގާބިލްކަމަށް ބަލައިގެން ޗައިލްޑް ސަޕޯޓްގެ އަދަދުތައް ފަނޑިޔާރުން ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިކަމުގެ ސަބަބުން ފަނޑިޔާރުންނަށް ޗައިލްޑް ސަޕޯޓްގެ އަދަދުތައް އިންސާފުވެރިކަމާއެކު ކަނޑައެޅޭނީ ކުއްޖާގެ ހާލަތަށް ބަލައިގެން، އެކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.