ހާރުގެ ސުފުރާއެއް
ރިޕޯޓް
20 Feb 2025 | 18:02
އަލަށް އުފެއްދި ބަސް: ހާރުކެއުމަށް ދެން ކިޔަން ޖެހޭނީ ސުހޫރު!

ދިވެހި ބަހުގެ އެކަޑަމީން މިދިޔަ އަހަރު އަލަށް އުފެއްދި ބަސްތައް މި ހަފްތާގައި ވަނީ އާންމުކޮށްފަ އެވެ. އެ ބަސްތަކާއި ގުޅިގެން ވަރަށް ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ.

ހާއްސަކޮށް ދިވެހި ލަފުޒު ހުރި ބައެއް ކަންކަމަށް އާ ބަސްތަކެއް އުފެއްދުމުން އެކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އެފަދަ އެއް ލަފުޒަކީ ރޯދައަށް ހުރުމަށްޓަކައި ފަތިސް ވުމުގެ ކުރިން ކައިއުޅޭ ކެއުމަށް އުފައްދާފައިވާ ދިވެހި ބަހެވެ. އެއީ ދިވެހި ބަހުގައި ހާރު ކެއުމެވެ. ނަމަވެސް މިހާރު އަލަށް އުފައްދާފައިވާ ބަހަކީ ސުހޫރު އެވެ.

އެހެން ކަމުން ހާރު ކެއުމަށް މީގެ ފަހުން ބޭނުން ކުރާނެ ރަސްމީ ނަމަކީ ސުހޫރު އެވެ.

ރޯދައަށް ހުރުމަށްޓަކައި ފަތިސް ވުމުގެ ކުރީން ކައިއުޅޭ ކެއުމަށް "ހާރުކެއުން" ކިޔާތީ ވެސް އެކަމަށް ބަހުސް ހިނގަ އެވެ. ބައެއް މީހުންގެ ނަޒަރުގައި އެެއީ މުނާސަބު ނަމެއް ނޫނެވެ. ނަމަވެސް މި ބަސް މިގޮތަށް އުފެެދުނު ވަކި ސަބަބެއް ފެންނާކަށް ނެތެވެ.

ހާރުކައި އުޅޭ ވަގުތަށް ކިޔާ އުޅެނީ ހާރުދަމެވެ. އެހެން ކަމުން ހާރުކެއުން އެ ނަން ނެގުނީ ހާރުދަމު ކާތީ ކަމަށް ވުން އެކަށީގެންވެ އެވެ. އެހެން ވެއްޖެނަމަ ފަތިހުގެ ކުރީގެ ވަގުތަށް ހާރުދަން ކިޔުނު ސަބަބެއް އޮންނާނެ އެވެ. ބޮޑަށް ބުރަވެވެނީ ހާރުކައި އުޅޭ ގަޑިއަކީ މެންދަމުގެ އެންމެ ފަހު ވަގުތަށް ވުމުން އެވަގުތަށް ހާރުދަން ކިޔުނީ ކަމަށެވެ.

ހާރުކެއުމަށް ސުހޫރުގެ ނަމުން ނަންދީ އާ ބަހެއް އުފެއްދިއިރު އަރަބި ބަހުގައި ރޯދައަށް ހުރުމަށްޓަކާ ފަތިސް ވުމުގެ ކުރީން ކާ ކެއުމަށް ކިޔަނީ "ސުހޫވްރު" އެވެ. 

އެހެން ކަމުން ދިވެހި އައު ލަފްޒު ނުވަތަ ބަސް އުފެއްދީ އަރަބި ލަފުޒު ބަލައިގެން ކަމަށް ބެލެވެ އެވެ.

ކޮމެންޓް
ޢާރިފް
ސުހޫރު ދިވެހި ބަހަކަށް ވީއިރު ޢަރަބިބަހުންވެސް ހާރުކެއުމަށް ކިޔަނީ ޒުހޫރެވެ.
20 Feb 2025
ޢާރިފް
ޢަރަބި ބަހުން ލިޔެފައި އޮންނަނީ سحور މިހެންނެވެ. ކިޔާނީ ސުހޫވްރެއް ނޫނެވެ. ސުޙޫރް އެވެ.
20 Feb 2025
އިއްބެ
ހާރުކެއުމަށް ފުރިހަމަދިވެހިބަހެއްއޮއްވާ އެބަހުގެބަދަލުގައި އަނގައޮޅޭޒާތުގެބަސްހެދުމަކީމުހިއްމުކަމެއްނޫން އެއީބޭކާރުކަމެއް
20 Feb 2025
އިއްބެ
ސުހޫރަކީ ދިވެހިބަހެއްނޫން އެއީޢަރަބިބަހެއް
20 Feb 2025
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.