ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް:ފޮޓޯ/ މަޖިލިސް
ހަބަރު
26 Feb 2025 | 13:49
ކޮމިޓީގައި ވޯޓު ނުދެއްވައި ތަޅުމުގައި ބިލް ފާސްކުރަން ވޯޓު ދެއްވި ސަބަބު އަނާރާ ހާމަކުރައްވައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޖުޑީޝިއަރީ ކޮމިޓީގައި ތާއިދުނުކުރެއްވި ނަމަވެސް، މިއަދު ތަޅުމުގައި ބިލަށް ވޯޓު ދެއްވި ސަބަބު ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް މިއަދު ހާމަކުރައްވައިފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ފަރާތުން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފައިވާ ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅައިފައިވާއިރު، އިއްޔެ ބޭއްވި ޖުޑީޝިއަރީ ކޮމިޓީގައި، އެ ބިލް ފާސްކުރަން އަނާރާ ވޯޓެއް ނުދެއްވައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ އޭނާ ވިދާޅުވީ، ބިލުގައި ފާހަގަކޮށްފައިވާ މުއްދަތުތައް ކުރުވުމެވެ. 

އެގޮތުން، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބިލުގައިވާއިރު، ފަސް ދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އަނާރާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، ކޮމިޓީގައި އަނާރާ އެ ބިލަށް ވޯޓެއް ނުދެއްވައެވެ. 

ނަމަވެސް ބިލު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އަނާރާ ހިމެނިވަޑައިގަންނަވާއިރު، އޭގެ ސަބަބު ހާމަކުރައްވައި އަނާރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޓީގައި ބިލްތަކަށް ޚިޔާލު ފާޅުކުރައްވާނެ ކަމަށެވެ.

"ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއެކު ކަމަށް ގަބޫލުކުރަން،" އަނާރާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަޅުމަށް އިއްޔެ ބަލައިގަނެ، އިއްޔެ ކޮމިޓީން ފާސްކުރުމަށް ފަހު މިއަދު ތަޅުމުން އެ ބިލު ވަނީ ފާސްކޮށްފައެވެ. ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު މިއަދު ބިލު ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ