އަނާރާ ނައީމް (ކ) ދިޔާނާ ސައީދު (ވ)
ހަބަރު
26 Feb 2025 | 16:34
ދިޔާނާ އަނާރާއަށް: ތިޔަވީ ހާސިލުކުރި އިލްމަށް ހުތުރަކަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޖުޑީޝިއަރީ ކޮމިޓީގައި ތާއިދުނުކުރެއްވި ނަމަވެސް، މިއަދު ތަޅުމުގައި ބިލަށް ވޯޓު ދެއްވި ސަބަބު ހާމަކުރައްވާ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ފަރާތުން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފައިވާ ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅައިފައިވާއިރު، އިއްޔެ ބޭއްވި ޖުޑީޝިއަރީ ކޮމިޓީގައި، އެ ބިލް ފާސްކުރަން އަނާރާ ވޯޓެއް ނުދެއްވައެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ އޭނާ ވިދާޅުވީ، ބިލުގައި މައްސަލަތަކެއް ހުރުމެވެ. ހާއްސަކޮށް ފަނޑިޔާރުން ވަކިކުރުމަށް އޮތް މުއްދަތު ކުރުވުމެވެ. 

އެގޮތުން، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ބިލުގައިވާއިރު، ފަސް ދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އަނާރާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، ކޮމިޓީގައި އަނާރާ އެ ބިލަށް ވޯޓެއް ނުދެއްވައެވެ. 

ނަމަވެސް ބިލު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އަނާރާ ހިމެނިވަޑައިގަންނަވާއިރު، އޭގެ ސަބަބު ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަނާރާ ވިދާޅުވީ ކޮމިޓީގައި ބިލްތަކަށް ޚިޔާލު ފާޅުކުރައްވާނެ ކަމަށެވެ.

"ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއެކު ކަމަށް ގަބޫލުކުރަން،" އަނާރާ ވިދާޅުވިއެވެ.

އަނާރާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދިޔާނާ ވަނީ އެފަދަ ވާހަކަތައް ކޮންމެވެސް އެހެން ބަޔަކާ ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުންނަށް އިންސާފު ހޯދަންދާން އޮތް ނިޒާމަށް އަތްބާނާ ކަރަށް ފިތާލުމުން ވެސް ވަޑައިގަންވަން ޖެހިވަޑައިގަތީ ހަމަ އެ ޓީމާ އެކުތޯ ސުވާލު ކުރެއްވި އެވެ.

"އެހެން ކަމަށްވާނަމަ އެފަދަ މީހުންނަކީ އެބަޔަކު ހާސިލުކުރި އިލްމަށް ވެސް ހުތުރު ދޭ ބައެއް," ރާއްޖޭގެ އެންމެ މަޝްހޫރު އަންހެން ދީނީ އިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަނާރާއަށް ރައްދު ދެއްވާ ރާއްޖޭގެ އެންމެ ފުންނާބު އުސް ގާނޫނީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިޔާނާ ވިދާޅުވި އެވެ.

ކޮމެންޓް
Mohamed Shiham
ވަރަށް ދެރަ ފުންނާބުއުސް މީހަކު މިހާރަކު ނެތް
26 Feb 2025
އާާމިނާ
ފައިސާ ފައިސާ ފައިސާ
26 Feb 2025
ދަބަޅޭ
ވާހަކަ ދައްކަން ވަރައް ތާހިރު މީހެއް ދިޔާނާ ކަލޭތީ ތިމާގެ ހާލަތާމެދު ފުރަތަމަ ވިސްނާލަބަލަ އަނާރާ ވިއްޔާ އެހުންނަ ގޮތަކައް ހުރޭތާ ކަލެއައް އަދިވެސް ނޭގޭ ހަދަންވީ ގޮތެއް ކަލެއައް ކަމުދިޔަ އެއްވެސް ސަރުކާރެއް އަދި ނުފެނޭ
27 Feb 2025
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.