ކައިވެނީގެ ހެދުމުގައި އަންހެނަކު -- ފައިލް ފޮޓޯ
ރިޕޯޓް
03 Mar 2025 | 14:53
ރިޒޫގެ ކުއްލި ވަކިވުން: ކުރަމުން އައީ ބޮޑު އުންމީދެއް، ހެޔޮ މަރެއް

މިދިޔަ މަހުގެ 27 ވަނަ ދުވަހު, ށ. ކަނޑިތީމު, ނިއަމި ރިޒްނާ ޝަމީމް ކުއްލި ގޮތަކަށް ނިޔާވީ އުމުރުން 27 އަހަރު ގަ އެވެ. ރިޒްނާގެ ކުއްލި ވަކިވުމާއެކު އޭނާގެ ފިރިމީހާ, ޒައިޝަން ސައީދު އަދި ދެ ފަރާތުގެ އާއިލާއަށް ލިބިފައި ވަނީ ބޮޑު ހިތާމަ އެކެވެ.

ރިޒޫ އަކީ ދިވެހީންގެ މެދުގައި މަގުބޫލު ޒުވާނެކެވެ. އޭނާގެ "އައިވަރީ ޑިޒައިން" އަކީ ބުރުގާއާ މޫނު ބުރުގާ އަޅާ އަންހެނުންނާއި އަންހެން ކުދީންގެ މެދުގައި މަގުބޫލު ބްރޭންޑްކެވެ.

ޒުވާން އުމުރުގައި އަނބިމީހާގެ ކުއްލި ވަކިވުމާއެކު ހިތުގައި އުފެދިފައިވާ ޝުއޫރުތައް ޒައިޝަން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ޒައިޝަންގެ ވާހަކަ ފެށީ މިހާ ހިސާބުންނެވެ.

"އަންހެނުންގެ ޖަނާޒާގައި ބައިވެރިވި އަދި ހެޔޮއެދޭ ފަރާތްތަކުން ފޮނުއްވި މެސެޖުތަކާއި ކުރެއްވި ފޯނު ކޯލުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން,"

އޭނާ ބުނި ގޮތުން އަނބިމިހާގެ ކުއްލި ވަކިވެދިއުން ވެގެންދިޔައީ ދުނިޔެއަށް ލޯހުޅުވުނު ކަމަށެވެ. ހަޔާތަކީ އަގެއް ނެތް އެއްޗެއްކަމާއި މަރަކީ ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކޮށްފާނެކަން ހަގީގަތް ކަމުގައި ފެނި އިހްސާސް ކުރެވުނު ކަމަށެވެ. އަދި ދުނިޔޭގައި އުޅެވޭނީ ކެތްތެރިވެގެންކަމާއި، އެނޫން އެހެން އެއްވެސް ކަމެއް އިސްނުކުރެވޭނެކަން ޔަގީން ކުރެވުނު ކަމަށެވެ.

"އަޅުގަނޑުގެ އަންހެނުންނަކީ ޢިއްފަތްތެރި، ކެތްތެރި، އަދި ނުހަނު އޯގާތެރި ހިތެއްގެ ވެރިއެއް. އިސްވެ މީހުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަށް ލަދުގަނެ، އަޑުހަރުކޮށް ވާހަކަދައްކާ ހެދުމަށްވެސް ލަދުގަންނަ، ވަރަށް ރީތި އާދަތަކެއް ގެންގުޅުނު ފަރާތެއް," ވަކިވެދިޔަ އަނބިމީހާގެ ހަނދާންތައް އައުކޮށް ޒައިޝަން ލިޔެފައިވެ އެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި ރިޒޫ އަަކީ ކުދިންނަށް ކީރިތި ގުރުއާން ކިޔަވައިދީ އަކުރު ދަސްކޮށްދިނުމުގައި މުހިއްމު ހުނަރެއް ލިބިފައިވި މީހެކެވެ. އަތްތެރި މަސައްކަތުން، އަމިއްލަ ނަފްސަށް އިތުބަާރުކޮށް ފެށި ކުޑަ ވިޔަފާރި ވަރަށް ގަޔާވެގެން ކުރިއަށް ގެންދިޔަ މީހެއް ކަމަށެވެ.

"އަބަދުވެސް ބޭނުންވީ 'މޮޑެސްޓް' ކޮށް ކަންކަން ކުރަން. ހިޖާބީ އަދި ނިޤާބީންނަށް ހާއްސަ ވެޑިން ޑްރެސް ލޯންޗުކުރުމަށްފަހު، ތައްޔާރުވަމުން އައީ ހިޖާބީ/ނިގާބީންނަށް ހާއްސަ 'ސުވިމް ވެއާ' ލޯންޗު ކުރުމަށް. 2026ގެ ޖެނުއަރީގައި ފެށޭނެ ކަމަށް އުއްމީދުކުރި. އަބަދުވެސް ބުނާނެ، ކޮންމެ ކޮންމެ ހެދުމެއް ލައިގެން މޫދަށް އެރިއުޅެން ވަރަށް އުނދަގޫ ކަމަށް. ގައިގައި ހެދުން ތަތްލާހުރެދާނެތީ ވަރަށް ޖެހިލުންވާ ކަމަށް. އަދި މިކަމުގައި ވަރަށް ގިނަ ނިޤާބީންނާ މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލުވެސް ހޯދި,"

މިއަދު ރިޒޫ އަކީ މާޒީ ނަމަވެސް ޖައިޝަންގެ ނަޒަރުގުގައި އަންހެނުންނަކީ އޭނާގެ އިއްޔެއާއި މިއަދެވެ. އަދި އެ ދެމަފިރީންގެ ލޯބި ލޯބި ތުއްތުތުއްތު ދަރިފުޅު އެ މަންމަގެ ހަނދާނުގައި އުމުރު ހޭދާކުރާނީ އުފަލާއި ކެތްތެރިކަމާއި އެކު އެވެ.

އަނބިމީހާގެ ކުއްލި ވަކިވުމުން ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް ޖައިޝަންގެ ހިތަށް ތަސައްލީ ލިބެނީ އެ މަރުން ފެނުނު ހެޔޮ ކަމުންނެވެ.

"ހެޔޮ މަރެއްގެ ކިތަންމެ އަލާމާތެއް ފެނިގެންދިޔަ ވަކިވެދިޔުމެއް. ރީތި ހިނިތުންވުމެއްގައި އޮތްއިރު ސިފަވެގެންދިޔައީ ހުދު ހެދުމުގައި ކައިވެނީގެ ޙަފްލާގައި ހޭދަކުރި އުފާވެރި ހަނދާންތައް. އަނބިމީހާގެ އެންމެ ފަހުވަގުތުކޮޅުދިޔައީ ވަރަށް އަމާންކޮށް ކަމަށް. ފުރާނަ ގެންދަވާ ވަގުތުގެ ވޭނީ ޒަލްޒަލާގެ އެއްވެސް ލޮޅުމެއް އެ ލޯބިލޯބި އަނބިމިހާ ތަޙައްމަލު ނުކުރާ ކަމަށް. ހިނެވި ޖަމާޢަތްތެރިންވެސް ދެންނެވީ ހިނެވުން ވަރަށްވެސް ފަސޭހަކަމަށް. އަދި ހީވަނީ ވަރަށް ލޯބިކޮށް ނިދާލާފައި އޮތްކަމަށް. މިހުރިހާ ކަންކަމެއްގެ ދަލީލު އެ ލޯބި ހިނިތުންވުމުން ފެންނަން އޮތް," ޝުކުރުވެރިވާ ހާލު ޖައިޝަން ބުނެފައިވެ އެވެ.

އޭނާގެ ހުރިހާ ވެސް އެދުމަކީ، ރިޒޫ ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް އޭނާގެ މައްޗަށް ހެޔޮ ދުއާކޮށްދިނުމެވެ. ހާއްސަކޮށް މި ރޯދަ މަހު އެވެ.

ކޮމެންޓް
NC ފިޒާ
ރިޒޫ ގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލައްވާ އާއިލާ އަށް ކެއްތެރިކަން ދެވާށި آمیـــــــــــــن يارب العالمين 💔♥️🤲
03 Mar 2025
ސމހ
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللهم اغفر لها.وارحمها واعف عنها
03 Mar 2025
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.