ޗައިނާގެ ލީޑަރުން... ފޮޓޯ: ޒިންހުވާ
ދުނިޔެ
05 Mar 2025 | 15:18
ކޮންމެ ކަހަލަ ހަނގުރާމައަކަށްވެސް ތައްޔާރު: ޗައިނާ

އެމެރިކައިން ބޭނުންވަނީ ހަނގުރާމައެއް ނަމަ އެކަމަށް ޗައިނާ ތައްޔާރުކަމަށާއި، އެއީ ވިޔަފާރީގެ ހަނގުރާމަޔަކަސް، ޓެރިފް ހަނގުރާމަޔަކަސް އަދި އެހެން ބާވަތެއްގެ ހަނގުރާމަޔަކަށް ވިޔަސް ހެޔޮކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މިހެން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި ޓެރިފް ޕްލޭން ޗައިނާ، ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަން ފެށުމުން، އެމައްސަލައިގައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އެގައުމަށް އެތެރެވާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ފެންޓަނީލް އެތެރެކުރަނީ މައިގަނޑު ގޮތެއްގައި ޗައިނާއިންނެވެ. އަދި އެގައުމުން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން ނިންމީ އެސަބަބާ ހެދިކަމަށް ކުރިން ބުނެފައިވެއެވެ.

ޗައިނާއިން ބުނީ އެމެރިކާއަށް ދިމާވެގެން އުޅޭ ފެންޓަނިލް ކްރައިސިސް އަކީ އެގައުމުން އަމިއްލައަށް އުފަން ކުރިވި މައްސަލައެއްކަމަށާއި، ހެޔޮ ނިޔަތުގައި އިންސާނިއްޔަތަށްޓަކައި އެކަމުގައި އެމެރިކާއަށް އެހީވާން ޗައިނާއިން އުޅުމުންވެސް އެމެރިކާއިން މަސައްކަތްކުރީ ޗައިނާގެ އަގު ވައްޓާލަންކަމަށެވެ. އަދި އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދެގައުމުގެ މެދުގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މަޝްވަރާތަކުގެ ބޭނުން ކެނޑޭކަމަށްވެސް ޗައިނާއިން ބުންޏެވެ.

ނުރުހުމުގެ ރާގުގައި ޗައިނާއިން ބުނީ އެގައުމަށް ބިރު ދައްކައިގެން ކަންކަން ކުރެވޭނެކަމަށް އެމެރިކާއަށް ހީވާނަމަ އެއީ ކުށް ހީއެއްކަމަށާއި، ބިރާއި ނުފޫޒުން ޗައިނާ ލައްވާ ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި ފެންޓަނިލްގެ މައްސަލައިގައި ޗައިނާއާ މަޝްވަރާކުރަން ބޭނުވާނަމަ އެކަން ކުރަން ޖެހެނީ ދެގައުމަކީވެސް ހަމަހަމަ ދެގައުމު ކަމުގައި އެމެރިކާއިން ދެކި، މޭޒު ދޮށަށް އައިސް މަޝްވަރާކޮށްގެން ކަމަށެވެ.

އަދި އެމެރިކާއިން ބޭނުންވާ ކޮންމެ ކަހަލަ ހަނގުރާމައަކަށްވެސް ޗައިނާ އޮތީ ތައްޔާރަށްކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.