ފަޟީލަތުއްޝައިޚް އިސްމާޢީލް މުހައްމަދު: ހިތްވަރު ގަދަ ޝަޚުޝިއްޔަތެއް
ރިޕޯޓް
06 Mar 2025 | 10:04
މަދީނާގެ ފުރަތަމަ ދިވެހި ގްރެޖުއޭޓް، މިވަރުގެ ފަޚުރުވެރި ބޭފުޅެއް ކޮބާ!

އިއްޔެއަކީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުހައްމަދުގެ ހަޔާތްޕުޅުގައި ވަރަށް އުފާވެރި ދުވަހެވެ. ޝެއިޚްގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް ބިނާކުރެއްވުމަށް ބިންގާ އެޅުނު ދުވަހެވެ. ޝެއިޚްގެ އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު މާފަންނު ޠައިބާ މިސްކިތް ހުރި ބިމަކީ ޝެއިހްގެ އަމިއްލަފުޅު ބިމެކެވެ.

އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޝެއިޚް އިސްމާއީލް އިސްވެ ހުންނަވާ ދެތީން ބޭފުޅެއްގެ ބައިވެރިވުމާއެކު ހިއްކެވި ބިމެކެވެ. އޭރު އޮންނަ އުސޫލަކީ އެމީހަކު އަމިއްލައަށް ހިއްކާ ބިމެއްގެ އެއްބައި ދައުލަތަށް އަނެއް ބައި އެ މީހަކަށް ލިބޭ ގޮތަކަށެވެ.

ޝެއިޚް އިސްމާއީލަކީ ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެކެވެ. އެއީ އެތައް ޢިލްމުވެރިންނެއް އުފެއްދެވި ހިތްވަރު ގަދަ ލީޑަރެކެވެ. އަނިޔާގެ ކުރިމަތީގައި ހައްގުގޮތް ދޫކޮށް ނުލައްވާ ކެތްތެރިކަން އިސްކުރެއްވި ބޭފުޅެކެވެ. ޝެއިޚްގެ މި ވާހަކަތަކަކީ މިއަދުގެ ގިނަ ޒުވާނުންނަށް އެނގޭ ވާހަކަތަކެއް ނޫނެވެ.

ޝެއިޚް އިސްމާއީލް, ޝެއިޚް ލަތީފާއެކު އިއްޔެގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ

ޝެއިޚް އިސްމާއީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ޝައިޚު އިބްނު ބާޒްގެ ދަރިވަރެކެވެ. ވަރަށް ބޮޑު ޢިލްމުވެރި އެކެވެ. ވަރަށް ގިނަ ޢިލްމީ ފޮތްތައް ލިޔުއްވާފައިވެ އެވެ.

އެކިއެކި މައުލޫތަކަށް ވަރަށް ޢިލްމީ ދަރުސްތައް ދެއްވާފައިވެ އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ޝެއިހް އިސްމާއީލަކީ އިލްމު ފެތުރުމާއި އިލްމީ މީހުން ބިނާކުރެއްވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެންމެ މުހިންމު އެއް މަސައްކަތަކަށް ފާހަގަ ކުރެއްވީ ޤުރުއާންގެ ތަފްސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތްޕުޅު މިހާރު ވަނީ އެއްކޮށް ފުރިހަމަ ކުރައްވާފަ އެވެ. 

"އިންޝާ ﷲ މި ވުޒާރާއިން އެ ތަފްސީރު ވަރަށް އަވަހަށް ނެރެން ވަނީ ގަސްތުކޮށްފައި," މިނިސްޓަރު ޝަހީމް ވިދާޅުވި އެެވެ.

ޝެއިޚްގެ ޚަރަދުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުއްވުން

ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އިލްމުވެރީން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އިބްން ބާޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތައުލީމް ދެއްވަން ހުންނެވި އެވެ.

އެ ފުރުސަތުގެ ބޭނުން ހިއްޕަވާ ދިވެހި ދަރިވަރުން އެ ގައުމަށް ގެންދަވާ ޢިލްމު އުނގެނުމުގެ ފުރުސަތު ދެއްވި އެވެ. ރާއްޖޭގެ ދަޢުވަތުގެ މައިދާނުން މިއަދު ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުންނަކީ ޝެއިޚްގެ އެހީތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެފަދަ އެތައް ބޭފުޅުންނެއްގެ ބެލެނިވެރިއެއް ކަމުގައި ވެވަޑައިގެން ޢިލްމީ ދަތުރުގައި ކުރިއަށް ވަޑައިގަތުމުގެ ފުުރުސަތު ދެއްވި އެވެ.

ދ. މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިސްމާއީލް, ތަޢުލީމީ ހަޔާތަށް ފަހު ރާއްޖެ ވަޑައިގެން ޠައިބާ ސުކޫލު ބިނާކުރެއްވި އެވެ. ދިވެހީންނަށް ދީނީ ތަޢުލީމު ފޯރުކޮށް ދިނުމުގައި އެ ސުކޫލު އަދާކޮށްފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ދައުރެކެވެ. 

ދީނީ ޢިލްމުވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަކީ ވެސް އެ ސުކޫލުގެ މުދައްރިސެކެވެ.

ޝެއިހް އިސްމާއީލް ރައީސް މުއިއްޒުގެ އަރިހުގައި

ޝެއިހް އިސްމާއީލް ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.

އަދުލްއިންސާފު ގާއިމު ކުރެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކީ ތާރީޚު ހެކިދޭ މަސައްކަތްޕުޅު ތަކެކެވެ. މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އަދުލަށް ޙުކުމް ކުރެއްވުމަށް ގޮންޖެހުންތައް ކުރިމަތިވާން ފެށުމުންނެވެ.

މަޤާމަށް އިސްކޮށް ވަކި ބަޔަކު އަންގާހާ ގޮތަކަށް ޙުކުމް ކުރެއްވުމަށް ހުންނަވަން ބޭނުންފުޅު ނޫން ކަމުގައި ވިދާޅުވުމަށް ފަހު އެވެ. އޭގެ ފަހުން ދެން ކުރިމަތިވެވަޑައިގަތީ އުނދަގޫ / އެހާމެ ދަތި ދުވަސްތަކަކާ އެވެ.

އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުގައި ޝެއިހަށް ބޮޑެތި އަނިޔާތަކާއި ކުރިމަތިކުރުވި އެވެ. ޠައިބާ ސުކޫލުން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް އެ ސުކޫލު ބަންދުކުރި އެވެ. އަދި ޝެއިޚްގެ އަމިއްލަފުޅު ބިން ދައުލަތަށް ނެގި އެވެ. އެ ނޫންވެސް އެކި ގޮތްގޮުތުން ފިއްތުންތައް ކުރިމަތި ކުރުވި އެވެ. އަނިޔާވެރި ކަން އިސްކޮށް ދަތިކުރުމުގެ އެތައް އަމަލެއް ހިންގި އެވެ.

ޝެއިޚް އިސްމާއީލް: މިއީ ރާއްޖެދުށް އާދަޔާ ޚިލާފު ޝަޚުސިއްޔަތެއް

ނަމަވެސް އެ ހުރިހާ ކަމަކާ ކުރިމަތިލެއްވީ ކެތްތެރިކަމާ އެކު އެވެ. އެންމެ ފަހުން ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގަތެވެ.

ބޭރުގައި ހުންނެވި ނަމަވެސް ދިވެހި ދަރިވަރުންގެ ބެލެނިވެރިއެއްގެ ގޮތުގައި ވެވަޑައިގެން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވި އެވެ.

ޝެއިޚްގެ ހަޔާތުގެ މިފަދަ އެތައް ވާހަކަތަކެއް ވެ އެވެ. ނަމަވެސް އެމަނިކުފާނު ފާހަގަ ކުރެވިފައި ވަނީ އެ ވާހަކަތައް މާޒީއަށް ދޫކޮށް ދީނަށް ޚިދުމަތް ކުރެއްވުމާއި ދީނީ ޢިލްމުވެރީން ބިނާކޮށް ހެޔޮ ގޮތުގައި ދިިރިއުޅުމުގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގަ އެވެ.

ކޮމެންޓް
ެެެއއ
ތައިބާ އިސްކޫލު ބަންދުކުރެވުނީ އެ އިސްކޫލަށް ބޭރުން އެހީ ލިބޭ ކަމުގެ ތުހުމަތުގައި. އެ އިސްކޫލު ބަންދުކުރުމަށް ފަހު، ޖަލަށްލައި ބަންދުކުރެވުނީ އެހެން ބަޔެއް. ޝައިޚެއް ނޫން.
07 Mar 2025
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.