ހޫޘީން މީގެކުރިން އިސްރާއީލުގެ ބޯޓަކަށް ދިން ހަމަލާއެއެް... ފޮޓޯ: އެކްސް
ދުނިޔެ
16 Mar 2025 | 22:12
ހޫޘީން އަނެއްކާވެސް އިސްރާއީލާ ގުޅުންހުރި ބޯޓަކަށް ހަމަލާދީފި

އެމެރިކާއިން ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށް ޔަމަނުގައިވެރިކަންކުރާ ހޫޘީން އަނެއްކާވެސް އިސްރާއީލާ ގުޅުންހުރި ބޯޓަކަށް ހަމަލާތަކެއްދީފިއެވެ.

އިސްރާއީލަށް ނިސްބަތްވާ ބޯޓަކަށް ހޫޘީން ހަމަލާދީފައިވާކަން އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާއިރު، ހޫޘީންވެސް ވަނީ ރަތްކަނޑުން ދަތުރުކުރަމުންދިޔަ އިސްރާއީލަށް ނިސްބަތްވާ ބޯޓަކަށް ހަމަލާދިންކަމަށް ބުނެފައެވެ. މިކަމާ ގުޅޭގޮތުން ހޫޘީން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓައި އަދި އެހީދޭ ޖަމާއަތްތަކުގެ މަސައްކަތްތަކަށް ދަތިކުރާހާ ހިނދަކު، އެ ޖަމާއަތުގެ ކަނޑުމަތީގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނޭކަމަށެވެ.

ހޫޘީން ވަނީ މީގެ ކުރިން އެތައް ފަހަރަކު، އިސްރާއީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ނުހުއްޓާހާ ހިނދަކު އެޖަމާއަތުންދޭ ހަމަލާތައް ހުއްޓާނުލާނޭކަމަށް ބުނެފައެވެ. އިސްރާއީލަށް ނިސްބަތްވާ އެ ބޯޓަށް ހޫޘީން ދިން އެ ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އާއުި އިސްރާއީލުން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އެމެރިކާއިން އެންމެފަހުން ޔަމަނަށް ދިން ހަމަލާތަކުގައި 30 ހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު، މި ހަމަލާތަކާ ގުޅޭގޮތުން ހޫޘީން ބުނެފައިވަނީ، އެމެރިކާއިން ދިން ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އެމެރިކާއިން ހޫޘީންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިމިވަނީ، އެ ޖަމާއަތުގެ ވަސް ފިލުވާލާނޭކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނިކޮށެވެ. 

ރަތްކަނޑުން ދަތުރުކުރާ އިސްރާއީލަށް ނިސްބަތްވާ ބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، އެމެރިކާއިން ވަނީ އެ ޖަމާއަތާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އެމެރިކާއިން އެންމެފަހުން ޔަމަނަށްދިން ހަމަލާތަކަކީ މި އޮޕަރޭޝަނުގެ ބައެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.