އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި މީހަކުވޭތޯ ބަލަނީ... ފޮޓޯ: ރޮއިޓާސް
ދުނިޔެ
17 Mar 2025 | 13:38
އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި މަރުވިމީހުންގެ އަދަދު 53 ކަށް އަރައިފި

އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި މަރުވިމީހުންގެ އަދަދު 53 ކަށް އަރައިފިކަމަށް ޔަމަނުގައި ވެރިކަންކުރާ ހޫޘީން ބުނެފިއެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ހޫޘީންގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާއިން އެޤައުމަށް ދިން ހަމަލާތަކުގައި 53 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭކަމަށެވެ. ކުރިއަށްއޮތްތަނުގައި މިއަދަދު އިތުރުވުން އެކަށީގެންވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހޫޘީންގެ ވެރިކަން އޮންނަ ޔަމަނަށް އެމެރިކާއިން ހަމަލާދީފައިމިވަނީ ރަތްކަނޑުގައި ދަތުރުކުރަމުންދާ ބޯޓުތަކަށް ހޫޘީން ހަމަލާތައްދޭތީވެ، އެކަން ހުއްޓުވުމަށްކަމަށް ބުނެއެވެ. އެމެރިކާއިން ޔަމަނަށް ހަމަލާދިންފަހުން ހޫޘީން އެމެރިކާގެ އަސްކަރީ އުޅަނދަކަށް ހަމަލާދީ ވައްޓާލާފައެވެ. މީގެ އިތުރުން ރަތްކަނޑުން ދަތުރުކުރަމުންދިޔަ އިސްރާއީލާ ގުޅުން އޮތް ބޯޓަކަށްވެސް ހަމަލާދީފައިވާކަމަށް މެދުއިރުމަތީގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހޫޘީންގެ މައްސަލާގައި އެންމެފަހުން އެމެރިކާއިން ވަނީ އީރާނަށްވެސް އިންޒާރެއްދީފައެވެ. އީރާނުން ހޫޘީންނަށް މަދަދުވެރިވަމުންދާތީވެ، އެކަން ހުއްޓާލުމަށް އެމެރިކާއިން ވަނީ ނުސީދާގޮތުން އެ ޤައުމަށް އިންޒާރެއްދީފައެވެ. މިކަމާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ، އީރާނުގެ ހާރިޖީ ސިޔާސަތު ބަދަލުކުރުމަކީ އެމެރިކާއަށް ލިބިގެންވާ ހައްޤެއް ނޫންކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ ޔަމަނުގެ ރައްޔިތުން މެރުމުގެ އެއްވެސް ހައްޤެއް އެމެރިކާއަށް ލިބިގެން ނުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އާއި ހޫޘީންނާ ދެމެދު ހަމަލާތައް ބަދަލުކުރުން ފެށިފައިވާއިރު، ހޫޘީން ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރިކަން ނުހުއްޓާހާ ދުވަހަކު ހޫތީންވެސް މައިތިރިނުވާނޭ ކަމަށެވެ. މިފަހުން ހޫޘީން ރުޅިގަދަވެފައިވަނީ، ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ޢައްޒާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ހުރަސްއަޅާތީއެވެ. ހޫޘީން ވަނީ ޢައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އިސްރާއީލްގެ ކިބައިން އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.