ފްރައިޑް ރައިސް
ލައިފްސްޓައިލް
19 Mar 2025 | 13:40
މިއޮތީ ތަރާވީސް ދަމަށް ކައްކާލަން ރަނގަޅު ބަތްގަނޑެއްގެ ރެސިޕީ

ރޯދަމަހު އާއްމުކޮށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެންމެ ނުކެވޭ އެކައްޗަކީ ބަތެވެ. ނަމަވެސް، ތަރާވީސް ދަމަށް މީރު، ހެލްތީ ބަތް ގަނޑެއް ކައިލުމަކީ ރޯދައަށް ހުންނައިރު އިހްސާސްކުރާ ވަރުބަލިކަން ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން މިއަދު މިގެނެސްދެނީ މީރުކޮށް ކުރަނޑިބަތް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. 

ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު ކުރަނޑި (ކުދިކޮށް ކޮށާފައި)

1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބޯންލެސް ޗިކަން

1 1/2 ލާހި ބާސްމަތީ ހަނޑޫ

1/2 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ކެރެޓް (ދިގަށްވާގޮތަށް ގާނާފައި) 

1/2 ޖޯޑު ކެބެޖު ( ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ބީންސް (ކޮށާފައި) 

1/2 ޖޯޑު ބެލްޕެޕާ (ދިގަށްވާގޮތަށް ކޮށާފައި) 

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައު)

3 ލޮނުމެދު (ޗޮޕް ކޮށްފައި)

ހިކަނދިފަތް

ރާނބާފަތް (3 އިންޗީގެ 4 އެތިކޮޅު)

ގިތެޔޮ މިރުސް

ތެޔޮ

1 މޭޒުމަތީ ސަމުސާ ޗިލީޕޭސްޓް

1 ސައި ސަމުސާ ސޯޔާ ސޯސް

1 ސައިސަމުސާ އޮއިސްޓަރ ސޯސް

2 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް

1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

2 ބިސް

1 ސައި ސަމުސާ އަސޭމިރުސް (ކުކުޅާއި ކުރަންޑި މެރިނޭޓް ކުރުމަށް)

1 ސައިސަމުސާ ގޭނި އިނގުރު (ކުކުޅާއި ކުރަންޑި މެރިނޭޓް ކުރުމަށް)

1 ސައިސަމުސާ ގޭނީ ލޮނުމެދު (ކުކުޅާއި ކުރަންޑި މެރިނޭޓް ކުރުމަށް)

1 ނޫޑްލްސް ސޫޕް ޕެކެޓް

ލޮނު

ފެން

ތައްޔާރު ކުރާނެ ގޮތް

1) ބަތް ކެއްކުމަށް ހަނޑޫކޮޅު ދޮވެލާފައި، 1 ސައިސަމުސާ ލޮނު އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ ރައިސް ކޫކަރ އަށް އަޅާށެވެ. އަދި ހަނޑުކޮޅު ފޮރުވި، އެއިން މައްޗަށް 1 1/2 އިންޗި ވާ ވަރަށް ފެން އަޅާލައިގެން ބަތް ކައްކާށެވެ. ބަތް ކެކުމުން ތޮރުފި ތައްޓަކަށް ބަތްކޮޅު ލުހެލާށެވެ. 

2) ކުކުޅާއި ކުރަނޑި މެރިނޭޓް ކުރުމަށް އިނގުރު ޕޭސްޓް، ލޮނުމެދު ޕޭސްޓް އަދި ސައިސަމުސަލެއްގެ ލޮނާއި އަސޭމިރުސް އަޅާލާފައި އެކުލަވާލާށެވެ. 15 މިނެޓް މެރިނޭޓް ކުރުމަށްފަހު، ކުޑަ ތެޔޮ ފޮދެއްގައި ރަންމުށި ކުލަ އަރަންދެން ކުކުޅާއި، ކުކުޅު ކުރަންޑި ފްރައި ކޮށްލާށެވެ. 

3) ބަތްގަނޑުގެ ސޯސް ތައްޔާރު ކުރުމަށް، ތެލި އުނދުން މައްޗަށް އުދުމަށްފަހު، ތެޔޮ ފޮދެއް އަޅާލައި ތެޔޮ ހޫނުވުމުން، ފިޔާ، ލޮނުމެދު، ލީކްސް، ކެރެޓް، ބެލްޕެޕާރ، ކެބެޖު، ބީންސް، ހިކަނދިފަތް، ރާނބާފަތް އަދި ގިތެޔޮ މިރުސް އަޅާލާށެވެ. ހުރިހާ ތަކެތި ރަނގަޅަށް މީރުވުމުން، ފްރައި ކުރި ކުކުޅާއި ކުރަންޑި އަޅާފައި އެކުލަވާލާށެވެ. ދެން ނޫޑްލްސް ސޫޕް ޕެކެޓާއި ޗިލީ ޕޭސްޓް، ޓޮމާޓޯ ޕޭސްޓް، ސޮޔާ ސޯސް، އޮއިސްޓަރ ސޯސް، ފްރައިޑް ޗިކަން ސޯސްވެސް އަޅާލާށެވެ. އެއަށްފަހު، އެކުލަވާލުމަށްފަހު، 5 މިނެޓް ވަންދެން ކައްކާލާށެވެ. މަ ހިކިހެން ހީވާނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ. 

4) ސޯސްގަނޑު ތައްޔާރު ވުމުން، އެއަށް ބިސް އަޅާލުމަށްފަހު ބަތްވެސް އަޅާލާށެވެ. ދެން ރަނގަޅަށް އެކުލަވާލާފައި 2 މިނެޓް ވަންދެން މަޑުގިނީގައި މަތިންޖަހައިގެން ކައްކާލާށެވެ. 

ބަތްގަނޑު އެހުރީ ތައްޔާރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.