ސްކޮޑް ގްރޫޕަށް ނިސްބަތްވާ ފިލިޕީންސް އަދި އެމެރިކާ ސިފައިން ތަމްރީނުތަކެއްގައި.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
21 Mar 2025 | 22:37
'ސްކޮޑް' ފުޅާކޮށް، އިންޑިއާ އަދި ދެކުނު ކޮރެއާ ހިމަނަނީ!

ޗައިނާގެ ނުފޫޒާ ކުރިމަތިލުމަށް ނުރަސްމީކޮށް ހަރަކާތްތެރިވާ ސްކޮޑް ގްރޫޕްގައި އިންޑިއާ އަދި ދެކުނު ކޮރެއާ ހިމެނުމަށް މަސައްކަތްކުރަމުންދާކަމަށް ފިލިޕީންސްއިން ހާމަކޮށްފިއެވެ.

ސްކޮޑްގައި ހިމެނޭ ގައުމުތަކަކީ އޮސްޓްރޭލިއާ، ޖަޕާން، ފިލިޕީންސް އަދި އެމެރިކާއެވެ. މި ގައުމުތަކުން ދަނީ ޗައިނާގެ ނުފޫޒު ދެކުނު ޗައިނާ ކަނޑުގައި ފުޅާވިޔަ ނުދިނުމަށް ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގަމުންނެވެ. ސްކޮޑަކީ އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން އަދި އެމެރިކާ ގުޅިގެން ދިފާޢީ، ސަލާމަތީ އަދި ޚާރިޖީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އުފައްދާފައިވާ ކުއަޑް އާއި މުޅިން ތަފާތު އެއްޗެކެވެ. ކުއަޑްގައި ފިލިޕީންސްއެއް ނުހިމެނެއެވެ. ސްކޮޑްގައި ހިމެނޭ ގައުމުތަކުން ދެކުނު ޗައިނާ ކަނޑުގައި ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގުމުގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު ހިއްސާކޮށް، ބައެއް އޮޕަރޭޝަންތައް ގުޅިގެން ހިންގައެވެ.

ފިލިޕީންސްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ރޯމިއޯ ބްރޯނާރ ވިދާޅުވީ އިންޑޯޕެސިފިކްގައި ޗައިނާގެ ނުފޫޒު ފެތުރުން ހުއްޓުވުމަށް، ސްކޮޑްގައި ދެކުނު ކޮރެއާ އަދި އިންޑިއާ ހިމެނުން މުހިއްމުކަމަށާއި، އެކަމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ބްރޯނާ މިކަން ހާމަކުރެއްވީ އިންޑިއާގެ އޮބަޒާވަރ ރިސަރޗް ފައުންޑޭޝަނުން ކޮންމެ އަހަރަކު ދިއްލީގައި ބާއްވާ މަޝްހޫރު ރައިޒީނާ ޑައިލޮގްގައި ވާހަކަ ދައްކަވަމުންނެވެ. ބްރޯނާ ވިދާޅުވީ އިންޑިއާއާއި ޗައިނާގެ ދުޝްމަނަކީ އެއް ގައުމެއްކަމަށެވެ. ޗައިނާއަކީ ދުޝްމަނެއްކަމަށް ވިދާޅުވާން ފަސްނުޖެހޭ ކަމަށްވެސް ޖެނެރަލް ބްރޯނާ ވިދާޅިވިއެވެ.

ބްރޯނަރ ވިދާޅުވީ ޗައިނާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ގާބިލްކަން ފިލިޕީންސްއިން އިތުރުކުރަމުން އަންނަކަމަށެވެ. ފިލިޕީންސް ވެފައިވަނީ ކޮންމެ ހަފްތާއަކުކަހަލަ ގޮތަކަށް ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާއި ކޮންމެވެސް ގޮތަކުން ކުރިމަތިލާ ގައުމަކަށެވެ. ދެކުނު ޗައިނާ ކަނޑަކީ އެގައުމުގެ ސަރަހައްދެއްކަމަށާއި، ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކަކީވެސް އެގައުމުގެ ބައެއްކަމަށް ޗައިނާއިން ދައުވާކުރެއެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ބައިނަލްއަޤްވާމީ ޓްރައިބިއުނަލަކުން ނިންމީ ޗައިނާއިން ދައްކަނީ އަސްލެއް ނެތް ވާހަކަތަކެއްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ