ރިހާކުރު ފަތަފޮޅި: ފޮޓޯ/ ވޮއިސް
ލައިފްސްޓައިލް
24 Mar 2025 | 13:09
މިއޮތީ މީރުކޮށް ރިހާކުރު ފަތަފޮޅި ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ

ފަތަފޮޅި އަކީ ޒަމާނުއްސުރެ ދިވެހިން ކައި އުޅޭ ދިވެހިވަންތަ، މީރު ހެދިކާ އެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ރިހާކުރު ފަތަފޮޅި ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ (ފެނުއަޅައި މަޑުކޮށް، އެހާ ހިމުން ނޫންކޮށް މުގުރާފަ)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި) 

1/2 ޖޯޑު ހުނި

1/2 ޖޯޑު ވަޅޯމަސް (ހިމުން ކޮށްފައި) 

1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު

1/2 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު

1/4 ސައި ސަމުސާ އަސޭމިރުސް

1 1/4 ސައި ސަމުސާ ލޮނު (ނޫނީ ރަހަލާ ވަރަށް)

2 ލުނބޯ 

1/4 ސައިސަމުސާ ރީނދޫ

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

4 ވަރަކަށް ހިކިމިރުސް (ބިތްގަނޑުމަތީ ފިހެފައި)

1 ސައި ސަމުސާ ރިހާކުރު

ދިއްގާ ފަތް 

ތައްޔާރުކުރާނެ ގޮތް

1) ބޯތަށްޓަކަށް ފިޔާއާއި، އިނގުރާއި، ލޮނުމެދާއި، ލޮނާއި، އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.

2) ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، ހިކިމިރުހާއި، ރިހާކުރާއި، އަސޭމިރުހާއި، ރީނދޫކޮޅުވެސް އެއަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ. އެއަށްފަހު ހުނި ކޮޅު އަޅާލައިގެންވެސް ރަނގަޅަށް މޮޑެލާފައި މަސް އަޅައިގެންވެސް މޮޑެލާށެވެ.

3) ދެން މޮޑުނު މަސްގަނޑުގެ ތެރެއަށް ފުނޑާފައިހުރި ހަނޑޫ އަޅާފައި މޮޑެލާށެވެ. ދެން ކުޑަފެންފޮދެއް އަޅައި ކުޑަކޮށް ދިޔާކޮށްލާށެވެ. 

4) އެއަށްފަހު، ދިއްގާ ފަތުގެ އެއް ފަޅިއަށް މަސްހުނިގަނޑު އަޅައި އެއްވަރުކޮށްލުމަށްފަހު އަނެއްފަޅި އޭގެ މަތީގައި ބާއްވައި މަސްހުނިގަނޑު ފޮރުވާލާށެވެ. ބާކީ ފޮޅިތައްވެސް މިހެން ހަދާލާށެވެ.

5) ދެން ބިތްގަނޑު އުނދުން މައްޗަށް އުދައި، ހޫނު ވުމުން ފޮޅިތައް އޭގެ މަތީ ބާއްވައިގެން ފިހެލާށެވެ. އުނދުން ބަހައްޓަންވާނީ މަޑު ގިނީގައެވެ.  

ކޮމެންޓް
ާއަބުދުއްސައްތަރު
މިއީ ރިހާކުރުފޮޅި. މިގޮތައް ގައްޖަހާފަ ނުވަތަ އޮޅާފައި ހުންނާނީ ފޮޅި. ފަތަފޮޅި ހުންނާނީ ވައްކޮށް،ފަތާކޮށް.
24 Mar 2025
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.