ހާފިޒް އަހްމަދު ނާޒިލްގެ ޤުރުއާން ކިލާހުން ފުރަތަމަ ހިފުޒުކޮށް ނިންމި ތިން ދަރިވަރުން
ހަބަރު
24 Mar 2025 | 16:14
ރަނުގެ ފުރުސަތެއް: ފުރަތަމަ ހިފުޒް ސެންޓަރު ބިނާކުރުމުގައި ބައިވެރިވެލައްވާ

ކީރިތި ގުރުއާން ހިތުދަަސްކޮށް ދިނުމަށް ހާއްސަކޮށްގެން ގާއިމު ކުރެވޭ ފުރަތަމަ ހިފުޒް ސެންޓަރު ބިނާކުރުމުގައި އެހީތެރެވޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިފުޒް ސެންޓަރު ބިނާކުރުމަށް ހަމަޖެހިފައި ވަނީ ތައުލީމަށް މަޝްހޫރު ފާދިއްޕޮޅު ނައިފަރުގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ މިވަގުތު ހާފިޒުން އުފެއްދުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ނައިފަރު, ހުވަނދުމާގެ އައްޝައިހް / ހާފިޒް އަހްމަދު ނާޒިލްގެ ޤުރުއާން ކިލާހުންނެވެ.

ޝެއިހް ނާޒިމް މިއަދު "ވޮއިސް" އަށް ވިދާޅުވި ގޮތުގައި ހިފުޒް ސެންޓަރެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ ނައިފަރުގައި މިހާރު ފަށާފައިވާ ޕްރަގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމެވެ. އެ މަަސައްކަތަށް އެހީތެރިކަން ހޯދުމަށް ތަނަވަސް ކަމުގެ އަހުލުވެރީންނާއި ބޮޑެތި ކުންފުނިތަކުގައި އެދުނެވެ. ނަމަވެސް މާބޮޑު ތަރުހީބެއް ނުލިބުކަން ފާހަގަ ކުރެއްވި އެވެ.

އައްޝައިހް / ހާފިޒް އަހްމަދު ނާޒިލްގެ ޤުރުއާން ކިލާހުން ވަނީ ފުރަތަމަ ހިފުޒް ސެންޓަރު ބިނާކުރުމުގެ މަސައްކަތް ފަށަން ނިންމާފައި

ނަމަވެސް މި ސެންޓަރު އިމާރާތް ކުރާނެ ތަކެތި ދޭނެ ފަރާތެއް މިހާރު ހަމަޖެހިފައިވާ ކަމަށް ޝެއިހް ވިދާޅުވި އެވެ.

އެހެން ކަމުން އެހެނިހެން މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

ޝެއިހް ވަނީ މި ބަރަކާތްތެރި މަސައްކަތުގައި ކިތަންމެ ކުޑަ މިންވަރެއް ހޭދަކޮށްގެން ވެސް ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

ނާޒިލްގެ ޤުރުއާން ކިލާހުން ދަނީ މިވަގުތު ރާއްޖޭގައި ހިންގޭ އެންމެ ކާމިޔާބު ހިފްޒު ޕްރަގްރާމް ހިންގަމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ނައިފަރުގެ ހަތަރު ދަރިވަރަކު ވަނީ ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފަ އެވެ.

އަދި މި އަހަރު ނިމުމުގެ ކުރީން އިތުުރު 8 ދަރިވަރަކު ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރާނެ އެވެ.

ހާފިޒް އަހްމަދު ނާޒިލްގެ ޤުރުއާން ކިލާހުން ފުރަތަމަ ހިފުޒުކޮށް ނިންމި ހަތަރުވަނަ ދަރިވަރާއެކު ޝެއިހް ނާޒިލް

ޝެއިހް ވިދާޅުވި ގޮތުގައި މިވަގުތު އެ މަސައްކަތް ކުރަމުން ދަނީ ޖާގައިގެ ގޮތުން ދަތި އަދި ހާލަތު ވެސް ދަށް އިމާރާތެއްގަ އެވެ.

އެހެން ކަމުން ހިފުޒް ސެންޓަރު ބިނާކުރުމުގެ މަސައްކަތް ކާމިޔާބުވުމުން ހާފިޒުން އުފެއްދުމުގެ މަސައްކަތް ބޮޑުތަނުން ފުޅާ ކުރެވޭނެ އެވެ.

"ރަމަޟާން މަހު ކުރެވޭނެ އެންމެ މާތް ހޭދައަކީ ކީރިތި ގުރުއާނަށްޓަކައި ކުރެވޭ ހޭދަ. މި ކާމިޔާބު ހިފުޒު ޕްރަގްރާމް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި މާތްﷲގެ ވާގިފުޅަށް ފަހު ތަޖުރިބާއާއެކު ކީރިތި ގުރުއާން ހިތުދަސް އެތައް ހާފިޒުންނެއް އުފެއްދުމުގެ މަތިވެރި މަގުސަދު ގައި ބިނާކުރެވޭ ހިފުޒު ސެންޓަރު ބިނާކުރުމަށް ދީލަތި އެހީވެލައްވާ," ޝެއިހް ނާޒިލްގެ ފަރާތުން އާންމު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.