ޙާފިޒުންނަށް ޚާއްސަ ގައުނާއި ތާކިހާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރިޕޯޓް
26 Mar 2025 | 17:55
ތާރީޚީ ކަމެއް: ޙާފިޒުންނަށް ޚާއްސަ ގައުނާއި ތާކިހާ، ރަމްޒުކޮށް ދެނީ ދީނާ ދިވެހި ސަޤާފަތް

ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނު ކުރެއްވީ މިދިޔަ އަހަރު އެވެ. މީގެ ކުރީން ހާފިޒު ކަމުގެ ތާޖު ހަވާލު ކުރަނީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.

ބައެއް ފަހަރު ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވެސް ހާފިޒު ކަމުގެ ތާޖު ހަވާލު ކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މިނިސްޓަރު ޝަހީމްގެ މި އިއުލާނު ކުރެއްވުމާއެކު ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ފުރަތަމަ ހަފްލާ މިރޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޙާފިޒުންނަށް ޚާއްސަ ގައުނު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހެއްދެވުމުގެ އިތުރުން ހާފިޒުންނަށް ހާއްސަކޮށް ގައުނަކާއި ތާކިހަލެއް ވެސް ފަރުމާ ކުރުމަށް މިނިސްޓަރު ނިންމެވި އެވެ. އެ ނިންމެވުމާ އެއްގޮތަށް ހާފިޒުންނަށް ހާއްސަކޮށް ގައުނާއި ތާކިހާ ވެސް ވަނީ ފަރުމާ ކޮށްފަ އެވެ.

މިރޭގެ ޝަރަފުވެރި ރަސްމިއްޔާތުގެ ކުރީން މިނިސްޓަރު ޝަހީމް ވަނީ ގައުނު އަދި ތާކިހާ ނޫސްވެރީންނާއި ހިއްސާކޮށްފަ އެވެ.

ޙާފިޒުންނަށް ޚާއްސަ ތާކިހާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި ޙާފިޒުންގެ ދަސްވެނިވުމުގައި ބޭނުންކުރާ (ގައުނު އަދި ތާކިހާ) ތައްޔާރު ކޮށްފައިވަނީ ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހީންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި ޤުރްއާންގެ ޢިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރުމިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަސްލަކަށް ބަލައިގެން ދިވެހި ސަޤާފަތާއި ތާރީޚާއި ޢިލްމީ ޙަޟާރަތު ރަމްޒުވާ ގޮތަށެވެ.

ގައުނާއި ތާކިހާގައި ވަނީ ހުކުރުމިސްކިތުގައިވާ އިސްލާމީ ރީތި ކުރެހުންތައް ހިމަނާފަ އެވެ. ގައުނާއި ތާކިހާ ވަނީ ނޫ ކުލައިންނެވެ.

މިރޭގެ ރަސްމިއްޔާތު ވަރަށް ހާއްސަ, 24 ހާފިޒުން

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިރޭގެ ރަސްމިއްޔާތު ހުރިހާ ގޮތަކުން ވެސް ހާއްސަ އެވެ.

ޙާފިޒުންނަށް ޚާއްސަ ގައުނު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއީ ހާފިޒުކަމުގެ ތާޖު އެރުވޭ ދިނުމަށް ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ފުރަތަމަ ޖަލްސާ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިރޭގެ ރަސްމިއްޔާތުގައި 24 ހާފިޒަކަށް ތާޖު ދޭނެ އެވެ. އަދި އެކަމުގެ ސަނަދު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ހާފިޒުން އުފެއްދުމަށް ބޮޑު ހޭދައެއް, އިނާޔަތް ދެގުނަ

ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އިނާޔަތް ދެގުނަ އަށް ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވަނީ އިއުލާނު ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސަތަކީ ކީރިތި ގުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ.

ޙާފިޒުންނަށް ޚާއްސަ ގައުނު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަދި ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ ނިންމެވުމާއި އެއްގޮތަށް ހާފިޒުން އުފެއްދުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު ސަމާލު ކަމެއް ދެ އެވެ. އެ މަސައްކަތް ކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.