މިރޭގެ ޖަލްސާގައި މިނިސްޓަރު ޝަހީމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
26 Mar 2025 | 23:02
ސަރުކާރުގެ އަމާޒު: އަހަރަކު 100 ހާފިޒުން، ދައުރުގައި 1000 ޒުވާން ހަތީބުން

ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަހަރަކު 100 ހާފިޒުން އުފެއްދޭ މިންވަރަށް ފުޅާކުރެއްވުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވަން ނިންމަވާ މިރޭ ބޭއްވި ފުރަތަމަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ވަރަށް ބޮޑަށް ފުޅާ ކުރައްވާނެ ކަމަށެވެ. އެ ގޮތުން އިސްލާމީ މަރުކަޒުތައް ގާއިމުކޮށްފައިވާ ކޮންމެ ރަށެއްގައި އެ މަޝްރޫއު ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަށާ އިސްލާމީ މަރުކަޒުތައް ނެތް ރަށްރަށުގައި މިސްކިތްތަކުގައި އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހާފިޒު ކަމުގެ ސަނަދު ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް

އަދި ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހާއްސަކޮށް ހިންގާ ޤުރުއާން ކިލާސްތަކަށް ވެސް ސަރުކާރުން އެހީތެރިވެ ދެއްވާނެ ކަމަށެވެ. އެ މަސައްކަތްތަކާއެކު ހާފިޒުން އުފެއްދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން އުފެއްދޭ މިންވަރަށް އެ މަޝްރޫއު ފުޅާ ކުރެއްވުން ކަމަށެވެ.

ޒުވާން ޚަތީބުން އުފެއްދުން: ދައުރުތެރޭ 1000 ޚަތީބުން

މިނިސްޓަރު މިރޭ ވިދާޅުވި ގޮތުގައި ޒުވާން ޚަތީބުން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ވެސް ފުޅާ ކުރައްވާނެ އެވެ. އެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒުވާން ޚަތީބުން އުފެއްދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 250 ވުރެ ގިނަ ޒުވާނުން ތަމްރީނު ކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުތެރޭ 1000 ޒުވާން ޚަތީބުން ތަމްރީނު ކުރުން

ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު | އިސްލާމިކް މިނިސްޓަރު

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ މަސައްކަތަށާއި ހާފިޒުން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރިހާ ފަރާތްތަކުން އެހީތެރިކަން ދެއްވުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. ހާއްސަކޮށް ތަނަވަސް ކަމުގެ އަހުލުވެރީން އެކަމުގައި އިސް ނެންގެވުމަށް އެދިވަޑައިގަތެވެ.

މިރޭގެ ރަސްމިއްޔާތު ގައި ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި 24 ދަރިވަރަކާއި މީހަކަށް ވަނީ ސަނަދު ހަވާލުކޮށްފަ އެވެ. ސަނަދު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.