ޔުނައިޓެޑް ހެލްތްކެއަރގެ ސީއީއޯ ބްރަޔަން ތޮމްޕްސަން މަރާލި ކަމަށް ތުހުމަތުކުރެވޭ ލުއިޖީ މަންޖިއޯނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
02 Apr 2025 | 10:30
އެމެރިކާގެ ހެލްތުކެއަރ ސީއީއޯއެއް މަރާލި މީހަކު މެރުމަށް ދައުލަތުން ކޯޓުގައި އެދެނީ

ޔުނައިޓެޑް ހެލްތްކެއަރގެ ސީއީއޯ ބްރަޔަން ތޮމްޕްސަން މަރާލި ކަމަށް ތުހުމަތުކުރެވޭ ލުއިޖީ މަންޖިއޯނީއަށް މަރުގެ އަދަބު ދިނުމަށް ޕްރޮސެކިއުޓަރުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށް އެމެރިކާގެ އެޓަރނީ ޖެނެރަލް ޕަމް ބޮންޑީ ހާމަކޮށްފިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވިފަހުން، މަރުގެ އަދަބު ދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެދުނު ފުރަތަމަ ފަހަރެވެ.

ތޮމްޕްސަން މަރާލި މައްސަލައިން ވިޔަފާރި ދުނިޔެ ސިހުނެވެ. އަދި ބައެއް އިންޝުއަރެންސް ކުންފުނިތަކުން ކުއްލިއަކަށް ރިމޯޓްކޮށް މަސައްކަތްކުރުމަށާއި ޙިއްޞާދާރުންގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް ނިންމިއެވެ.

ފުލުހުން ބުނާ ގޮތުގައި މަންޖިއޯނީގެ ލިޔުންތަކުން ދައްކުވައިދެނީ އޭނާ އިންޝުއަރެންސް ކުންފުނިތަކާއި ދެކޮޅު ކަމެވެ.

"ލުއިޖީ މަންޖިއޯނީ ބްރަޔަން ތޮމްޕްސަން، ކުށެއް ނެތް، ދެ ކުޑކުދިންގެ ބައްޕައެއް މަރާލުމަކީ، ކުރިން ރޭވިގެން ހިންގި، ނުރައްކާތެރި، އެމެރިކާ ސިހުނު ޢަމަލެއް،" އެޓަރނީ ޖނެރަލް ބޮންޑީ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ ތޮމްޕްސަން މަރާލުމަކީ "ސިޔާސީ އަނިޔާވެރިކަމުގެ ޢަމަލެއް" ކަމަށެވެ.

"ފުންކޮށް ވިސްނުމަށްފަހު، އަޅުގަނޑު ވާނީ ފެޑެރަލް ޕްރޮސެކިއުޓަރުންނަށް މި މައްސަލައިގައި މަރުގެ އަދަބަށް އެދުމަށް އިރުޝާދު ދީފައި. މިއީ ރައީސް ޓްރަމްޕްގެ އެޖެންޑާ ކަމަށްވާ އަނިޔާވެރި ކުށްތައް ހުއްޓުވުމާއި އެމެރިކާ އަލުން ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް،" ބޮންޑީ ވިދާޅުވިއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ފަހު ދުވަސްތަކުގައި އެތައް ބަޔަކަށް މަރުގެ އަދަބު ތަންފީޒުކުރެވުނެވެ. އަދި މަރުގެ އަދަބު އިތުރަށް ފުޅާކުރުމަށް ޓްރަމްޕް ވަނީ ހާމަކޮށް ވަކާލާތުކުރައްވާފައެވެ.

ނަމަވެސް ބައިޑެންގެ ދައުރު ނިމުމާ ކައިރިވަމުން އައި ދުވަސްވަރު، ފެޑެރަލް މަރުގެ އަދަބު ލިބިފައިވާ 40 މީހުންގެ ތެރެއިން 37 މީހެއްގެ އަދަބު އުމުރު ދުވަހުގެ ޖަލަށް ބަދަލުކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ