ޗައިނާއިން އިންޑިއާއަށް މުދާ ހިފައިގެންދާ ކާގޯ ބޯޓެއް... ފޮޓޯ: އޭބީޕީ ނިއުސް
ދުނިޔެ
03 Apr 2025 | 11:59
އިންޑިއާގެ އުފެއްދުންތައް އިމްޕޯޓްކުރުން އިތުރުކުރަން ތައްޔާރު: ޗައިނާ

އިންޑިއާގެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރާ މިންވަރު އިތުރުކުރަން ޗައިނާއިން ތައްޔާރުކަމަށް ޗައިނާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝޫ ފެއިހޮންގް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ސިޔާސީ ގުޅުމަށް 75 އަހަރު ފުރުމާއި ދިމާކޮށް ޗައިނާގެ ގްލޯބަލް ޓައިމްސްއާ ވާހަކަ ދައްކަވަމުންނެވެ. ޝޫ ވިދާޅުވީ އިންޑިއާގެ ވިޔަފާރިވެރިން ހިމާލިޔާ ފަރުބަދަތައް ހުރަސްކޮ، ޗައިނާއަށް އައިސް ޗައިނާގައި އިތުރު ވިޔަފާރިތައް ކުރުމަށް ދައުވަތު ދެއްވާކަމަށެވެ.

2020 ވަނަ އަހަރު ސަރަހައްދީ ރޮނގުގައި ހިނގި ކުރިމަތިލުންތަކަކަށްފަހު ޗައިނާއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު އަނެއްކާވެސް ގުޅުން ބަދަހިކުރުމަށް ވާދަވެރި ދެގައުމުން ދަނީ މަސައްކަތްކުރަމުންނެވެ. 2020ގެ ޙާދިސާއަށްފަހު ޗައިނާއިން އިންޑިއާގައި އިންވެސްޓްކުރުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، އެމަގުތައް އަދިވެސް ހުޅުވައެއް ނުލައެވެ.

އެމެރިކާއިން ފަށާފައިވާ 'ވިޔަފާރީގެ ހަނގުރާމަ'އާއެކު ގޮންޖެހުންތައް ކުރިމަތިވެފައިވާ އިންޑިއާއާއި ޗައިނާއަށްވެސް ދެގައުމުން އެއްގައުމު އަނެއް ގައުމާއެކު ކުރާ ވިޔަފާރި އިތުރުކުރުމަށް މަޖުބޫރީ ޙާލަތުގައިނަމަވެސް މިހާރު އޮތީ ފުރުސަތުތަކެއް ފަހިވެފައެވެ. ޝޫ ވިދާޅުވީ އިންޑިއާއަށް ޗައިނާގައި ވިޔަފާރިކުރަން ދައުވަތުދޭ ފަދައިން، ޗައިނާގެ ކުންފުނިތަކަށް އިންޑިއާގައި ވިޔަފާރިކުރުމަށް އިންސާފުވެރި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ސިޔާސީ ގުޅުމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް، އިންޑިއާގެ ރައީސާ ޑްރޮޕަޑީ މުރްމޫއަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ދެގައުމު ކައިރިން ގުޅިގެން އިތުރަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.