އެމެރިކާގެ ރައީސް ޓްރަމްޕް... ފޮޓޯ: އިސްރާއީލް ޓައިމްސް
ދުނިޔެ
03 Apr 2025 | 14:33
އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާގެ ވިސްނުން ބަދަލުވާން ފަށައިފި

އީރާނަށް ހަމަލަދިނުމާ ގުޅޭގޮތުން އެމެރިކާއިން ދެމުން އަންނަ އިންޒާރުގެ އަޑު މަޑުވެ، އެންމެފަހުން އެޤައުމުގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ.

އިސްރާއީލްގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިސްރާއީލުން ބުނީ، އީރާނަށް ހަމަލާ ދިނުމަކީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސިޔާސަތެއް ނޫންކަމަށާއި، އީރާނާއެކު ނޫސީދާ ވާހަކަތައް ފެށުމަށް އިސްކަންދެއްވާކަމަށް ވައިޓްހައުސްގެ އޮފިޝަލުން ވިދާޅުވެފައިވާކަމަށެވެ. ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކުރިގޮތުގައި އީރާން މައްސަލާގައި ވައިޓް ހައުސްގެ އޮފިޝަލުންގެ ވިސްނުން ވަނީ ދެކަފިވެފައެވެ. 

އެމެރިކާގެ ނޫހަކަށް ވައިޓްހައުސްގެ އޮފިޝަލުންތަކެއް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ، އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވައިޓް ހައުސްއިން ވަރަށް ސީރިއަސްކޮސް ވިސްނަމުންދާކަމަށެވެ. އީރާނަށް ހަމަލާދޭން ޖެހިއްޖެނަމަ، އެކަމަކީ ވަރަށްބޮޑަށް ތައްޔާރުވެގެން ނޫނީ ނުކުރެވޭނެކަމެއްގެ ގޮތުގައި އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން ވަނީ އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މަޝްރޫޢުގެ މަސައްކަތްތައް ހުއްޓާލުމަށް އިންޒާރުދީފައެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަތައް ފެށުމަށް ވަނީ އަންގާފައެވެ. ނަމަވެސް އީރާނުން ވަނީ އެމެރިކާއާއެކު ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް ބުނެފައެވެ. ނަމަވެސް ނުސީދާ ގޮތެއްގައި އެމެރިކާއާ ވާހަކަތައް ދެއްކިދާނޭކަމަށް އީރާނުން ވަނީ ބުނެފައެވެ. އީރާނުން އެގޮތަށް ބުނުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުދޮށަށް ނާންނަނަމަ ތެހެރާނަށް ބޮންއަޅަން ޖެހިދާނޭކަމުގެ އިންޒާރުދެއްވާފައެވެ. 

ޓްރަމްޕްގެ އިންޒާރާ ގުޅޭގޮތުން އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ ވިދާޅުވެފައިވަނީ، އީރާނަށް ހަމަލާ ދީފިނަމަ ރައްދުގައި އެޤައުމުންވެސް ހަމަލާދޭނެ ކަމަށެވެ. މި މައްސަލާގައި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާ ފަހާ މެކްސިކޯގެ ކަނޑަށް ދާންޖެހުނު ނަމަވެސް އެކަން ކުރާނޭކަމަށެވެ. އެމެރިކާއިން އީރާނަށް އިންޒާރު ދިނުމާ ގުޅިގެން ރަޝިއާއިންވެސް ވަނީ އީރާނާއެކު އޮތްކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.