ވައިޓްހައުސްގެ ޕްރެސް ސެކެޓްރީ ކެރޮލައިން ލީވިޓް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
08 Apr 2025 | 23:31
ބާއްވަނީ ކޮންކަހަލަ ވާހަކަތަކެއްތޯ ކަނޑައެޅުމުގައިވެސް އެމެރިކާ އާއި އީރާން އެންމެފަހުން އަރާރުމަކަށް!

އެމެރިކާ އާއި އީރާނާ ދެމެދު އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންކަހަލަ ވާހަކަތަކެއްތޯ ކަނޑައެޅުމުގައި އެންމެފަހުން ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޮޑު އަރާރުމަކަށް ހިނގައްޖެއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ރާވަމުންދާ ރޭވުމުގެ ދަށުން، އިއްޔެ ވައިޓްހައުސްގައި ވާހަކަދައްކަވަމުން ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނާއެކު ސީދާ ވާހަކަތައް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ މިކަން ވެގެންދާނީ ކުރެވޭ ވަރަށް މޮޅުކަމެއް ކަމަށެވެ. ބައްދަލުވުން ބާއްވާނީ އަންނަ ހޮނިހިރުދުވަހު ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަތައް އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ ވަނީ ދޮގުކުރައްވާފައެވެ. އަރްގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ އެމެރިކާ އާ ދެމެދު ވާހަކަތައް ބޭއްވިނަމަވެސް އެކަން ކުރިއަށްދާނީ ނުސީދާ ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން އޮމާންގައި ކުރިއަށްދާ ވާހަކަތަކުގައި މެދުވެރިއެއްގެ ބައި އޮމާނުން އަދާކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު މި ބީދައިން ވާހަކަދައްކަވާފައިވަނިކޮށް، ވައިޓްހައުސްގެ ޕްރެސް ސެކެޓްރީ ކެރޮލައިން ލީވިޓް ވިދާޅުވީ އީރާނާއެކު ކުރިއަށްދާނީ ސީދާ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

"އީރާނާ އެމެރިކާ އާ ދެޤައުމުގެ ދެމެދުގައި ކުރިއަށްދާނީ ސީދާ ވާހަކަތަކެއް" ކެރޮލައިން ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން އިތުރު އެއްވެސް ވާހަކައެއް އޭނާ ނުދައްކަވައެވެ. އީރާނާ ދެމެދު ސީދާ ވާހަކަތައް ފެށުމަށް އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކަށް އީރާނބުން މިހާތަނަށް އާނބަސް ބުނެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ އީރާނުން ވާހަކަތަކާ ދުރަށްދާނަމަ ތެހެރާނަށް ބޮން އަޅަންޖެހިދާނެކަމަށް ބުނެ ބިރުދައްކާފައެވެ. އީރާނަށް ބިރުދައްކަމުންދާ މައްސަލާގައި އެޤައުމުންވެސް ވަނީ އެމެރިކާގެ ބަހަށް ދީލާނުލާނޭކަމަށާއި، ހަމަލާ ދީފިނަމަ ރައްދުގައި ހަމަލާދޭނޭކަމަށް އިންޒާރުދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.