ޗައިނާގެ ފެކްޓްރީއެއްގައި ބަޔަކު މަސައްކަތްކުރަނީ.. ފޮޓޯ: ގްލޯބަލް ޓައިމްސް
ދުނިޔެ
09 Apr 2025 | 20:52
އެމެރިކާގެ އުފެއްދުންތަކަށް ޗައިނާއިން ނަގާ ޑިއުޓީ 84 އިންސައްތައަށް ބޮޑުކޮށްފި

އެމެރިކާގެ އުފެއްދުންތަކަށް ޗައިނާއިން ނަގާ ޓެރިފް %84 ބޮޑުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، އެޤައުމުގެ ޓެރިފް ރޭޓް ބޮޑުކޮށްފައެވެ. އެގޮތުން ޗައިނާގެ އުފެއްދުންތަކުން ނަގަމުން އަންނަ ޓެރިފް ރޭޓް ވަނީ މިފަހުން 34 އިންސައްތައަށް ބޮޑުކޮށްފައެވެ. އެހެންކަމުން އަލަށް ގެނައި ޓެރިފް ރޭޓާއެކު މިހާރު ޗައިނާއިން އެމެރިކާއަށް މުދަލެއް އެތެރެކުރާނަމަ، 54 އިންސައްތައިގެ ޓެރިފެއް ދައްކަންޖެހޭނެއެވެ.

މިކަމާ ގުޅިގެން ޗައިނާއިން ވަނީ ޓެރިފްރޭޓް މުރާޖައާކުރުމަށް ގޮވާލާފައެވެ. ނަމަވެސް އެމެރިކާއިން ބުނީ ޓެރިފް ރޭޓަށް ބަދަލެއް ގެނެވެން ނެތްކަމަށެވެ. އެންމެފަހުން ޗައިނާއިން މިއަދު ވަނީ އެމެރިކާގެ އުފެއްދުންތަކުން އެޤައުމަށް ނަގާ ޓެރިފް ރޭޓް ބޮޑުކޮށް، އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑުކުރި ޓެރިފް ރޭޓަށް އަމަލުކުރަން ފަށާނޭކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ މާލީ ވުޒާރާއިން ބުނެފައިވަނީ، އެމެރިކާއިން ޓެރިފް ރޭޓް ބޮޑުކުރުމަކީ އެޤައުމުން އެޅި ޅަ އެއްޗެއްކަން ބުނެފައެވެ. އަދި އެކަމުގެ ތަކުލީފް އާހިރުގައި އުފުލަން ޖެހޭނޭކަން ޗައިނައިން ވަނީ ފާހަގަކޮށްފައެވެ. ބައެއް މީޑިއާތަކުން ބުނާގޮތުގައި ޗައިނާގެ ސެންޓްރަލް ބޭންކުން ވަނީ އެކި ބޭނުންތަކަށް ޑޮލަރު ގަތުން މަދުކުރުމަށް އިދާރާތަކަށް އަންގާފައެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާގޮތުގައި ޓްރަމްޕްގެ ޓެރިފް ސިޔާސަތާއެކު އެޤައުމުގެ ވިޔަފާރިތަކަށް ކުރިއަށްއޮތްތަނުގައި ބޮޑެތި ލޮޅުންތައް އަންނާނެއެވެ.

ދުނިޔޭގެ އިގްތިސާދަށް ބަލާއިރު، އެމެރިކާއަކީ އެންމެބޮޑު އިގްތިސާދެއް އޮންނަ ޤައުމެވެ. ޗައިނާއިން އަހަރެއްގެ މައްޗަށް އެމެރިކާއަށް 500 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.